ދިވެހި ކުޅިވަރު
26 Jul 2025
އެފްއޭއެމް ރައީސް ކަމަށް ތޯރިގު އިންތިހާބުކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަދި ތައްޔިތުންގެ މަޖްލީހުގެ މަހިބަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު އިންތިހާބުކޮށްފި އެވެ.
26 Jul 2025
ތަފާތުބޮޑު ނަތީޖާއަކުން ޔަންގް ޑީޖީޑީ ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމު ސެމީގެ ފުރުސަތު ބޮޑުކޮށްފި
މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް އޭގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ފަސޭހަކަމާއެކު 22-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޔަންގް ޑީޖީޑީ ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމުން ވަނީ މުބާރާތުގެ ސެމީފައިނަލުގެ ފުރުސަތު ބޮޑުކޮށްފައެވެ.
25 Jul 2025
ޒާހިލްގެ 12 ލަނޑާއެކު ޑީސީ އިން ޑީޖީޑީ ކޮޅަށް 17 ލަނޑު ޖަހައިފި
މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޑީސީ އާއި ޑީޖީޑީ ވާދަކުރި މެޗު ފަސޭހަކަމާއެކު 17-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޑީސީ އިން ފެންވަރު ދައްކާލައިފިއެވެ.
25 Jul 2025
ޝަނާންގެ ދެލަނޑާއެކު އީއެން ބަލިކޮށް އެމްޖީ އިން މުބާރާތް ފެށީ އިތުބާރާއެކު
މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް އޭގައި މިއަދު ހެނދުނު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެންޕިއަން އެމްޖީ ފުޓްބޯޅަ ޓީމާއި އީއެން ފުޓްބޯޅަ ޓީމު ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
24 Jul 2025
އެސްޕީއެސްސީ އާއި ކުލަބު ފްލަޔާސްގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު
މިހާރު މުރިއަށްދާ ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެސްޕީއެސްސީ (ސްޕާޓަންސް) އާއި ކުލަބު ފްލަޔާސް ވާދަކުރި މެޗު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
24 Jul 2025
ފުރަތަމަ މެޗުގައި ޔަންގް ޑީޖީޑީ އަތުން ކާށިދޫ ޕޮލިސް ކުލަބަށް ތަފާތުބޮޑު މޮޅެއް
ކާށިދޫ ކައުންސިލްގެ ފުޓްބޯޅަ ޗެލެންޖް މިއަދު ހެނދުނު ފެށިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ގުރޫޕް އޭގެ ކާށިދޫ ޕޮލިސް ކުލަބާއި ޔަންގް ޑީޖީޑީ ވާދަކުރި މެޗު ފަސޭހަކަމާއެކު 10-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޕޮލިސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
23 Jul 2025
ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025 ފެއްޓުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފި
"ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖް 2025" ފެއްޓުމުގެ ގޮތުން މިއަދު ހަވީރު ކާށިދޫ ފުޓްބޯޅަ ދަނޑުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
23 Jul 2025
ވަރުގަދަ ސްކޮޑަކާއެކު އެމްޖީ ފުޓްބޯޅަ ޓީމު, މުބާރާތަށް ނުކުންނަނީ ތަށި ދިފާއުކުރަން
"ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2025"ގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން އެމްޖީ ފުޓްބޯޅަ ޓީމު މުބާރާތާއި ކުރިމަތިލަނީ ތަށި ދިފާއުކުރުމަށް ކަމަށް އެ ޓީމުން ބުނެފިއެވެ.