ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުތީމަށް
ކުޅިވަރު
13 Nov 2025 | 10:45
ތިލައުތުރުގެ ޗެމްޕިއަންކަން އުތީމަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ގެ ޗެމްޕިއަންކަން، ޤައުމީ ޓީމުން ސަސްޕެންޑުކޮށްފައިވާ އަހްމަދު އައިހަމް، (ފަތޯ) ހިމެނޭ އުތީމުގެ ޓީމުން ހޯދައިފިއެވެ.

ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އުތީމުން ޗެމްޕިއަންކަން ހޯދީ މުރައިދޫގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. 

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މުރައިދޫންނެވެ. މުރައިދޫއަށް މި ލަނޑު ލިބުނު ކޯނަރަކުން ޖަހައިދިނީ އަޝްރާގެވެ. ނަމަވެސް، އުތީމުން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އައިހަމް ދިން ބޯޅައަކުން އުތީމަށް ޖަހައިދިނީ މުޙައްމަދު މަޒީންއެވެ. ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުޖެހި ނަތީޖާ 1-1 އިން ހަމަހަމަވުމުން، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.

ޕެނަލްޓީގައި އުތީމުގެ ފަރާތުން އައިހަމް އާއި ޢަބުދުﷲ އިލްހާމް ވަނީ ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މަޒީން ޖެހި ތިންވަނަ ޕެނަލްޓީ މުރައިދޫގެ ކީޕަރު ދިފާޢުކުރިއެވެ. އުތީމުގެ މުޙައްމަދު އައިލަމް ޢަބުދުﷲ ޖެހި ހަތަރުވަނަ ޕެނަލްޓީ ދަނޑިތަކުގައި ޖެހިފައި ގޯލަށް ވަތްއިރު، އުތީމަށް ތަށި ކަށަވަރުވީ ޝްވާން އިބްރާހީމް ފަސްވަނަ ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

މުރައިދޫގެ ފަރާތުން ޕެނަލްޓީގައި ފުރަތަމަ ޖެހި އިޔާންގެ ޕެނަލްޓީ އުތީމުގެ ކީޕަރު ދިފާޢުކުރިއެވެ. އަދި މުޙައްމަދު ނަޒްމީން ޖެހި ދެވަނަ ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހި ނާކާމިޔާބުވިއެވެ. މުރައިދޫގެ ތިންވަނަ ޕެނަލްޓީ ރައިސަމް ވަނީ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށް ވައްދާލާފައެވެ. ހަތަރު ވަނަ ޕެނަލްޓީ އަޝްރާގު ކާމިޔާބު ކުރިއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ އުތީމުގެ ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީންއެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ މަޒީންއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޯރަފުށީގެ ޢަލީ ޒިޔާދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އުތީމުގެ ޢަލީ ހައިސަމްއެވެ. އަދި އެ މުބާރާތުގެ ފެއާޕްލޭ ޓީމަކީ ދިއްދޫ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.