ދިވެހި ކުޅިވަރު
01 Jul 2025
ތަފާތުބޮޑު ނަތީޖާއަކުން އިންނަމާދޫ ބަލިކޮށް އިނގުރައިދޫ މުބާރާތް ފެށީ އިތުބާރާއެކު
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް ބީގައި މިރޭ ކުޅުނު ދެވަނަ މެޗުގައި އިންނަމާދޫ ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި 7-2 ގެ ނަތީޖާއަކުން މޮޅުވެ އިނގުރައިދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
01 Jul 2025
ވިސާމް އަދި ފަޒީމްގެ ހެޓްރިކާއެކު ރަސްމާދޫ އިން ފަހަތުން އަރައި ރަސްގެތީމް ބަލިކޮށްފި
ރަސްދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 6-3 ގެ ނަތީޖާއަކުން ރަސްގެތީމް ބަލިކޮށް ރަސްމާދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
01 Jul 2025
ދުވާފަރު ބަލިކޮށް ހުޅުދުއްފާރުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
ރަސްދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ދުވާފަރު ބަލިކޮށް ހުޅުދުއްފާރުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
01 Jul 2025
9 ޓީމާއެކު ރ.ވެޓަރަންސް ފުޓްސަލް ޗެލްންޖް 2025 މިއަދު ފަށަނީ
ރަސްމާދޫ ކައުންސިލާއި ރަސްމާދޫ ޑިވޮލަޕްމަންޓް އެސޯސިއޭޝަން (އާރުޑީއޭ) ގުޅިގެން ބާއްވާ "ރ. ވެޓަރަމްސް ފުޓްސަލް މުބާރާތް 2025" މިއަދު ހަވީރު ފެށުމަށް ތައްޔާރުވެއްޖެއެވެ.
30 Jun 2025
ސައުތު ކޮރެއާ އަތުން ދިވެހި ޒުވާން ނެޓްބޯޅަ ޓީމަށް ތަފާތުބޮޑު މޮޅެއް
ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭން ޓީމު ކުޅުނު ނަތީޖާއަކުންނެވެ މެޗު ވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ. މުބާރާތް ބާއްވާ ގައުމު ކޮރެއާ އަތުން ދިވެހި ޓީމު މިއަދު މޮޅުވީ 129-03 ގެ ތަފާތުބޮޑު ނަތީޖާއަކުންމެވެ.
29 Jun 2025
އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ބައްސާމްއަށް ބަންދުވެއްޖެ
އެފްއޭއެމްގެ އާ އަސާސީ ގަވާއިދާައެކު އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބަންދުވެއްޖެ
27 Jun 2025
އެންޓި ޑްރަގު ޑޭ ފާހަގަކުރުމުގެ ގޮތުން ތިނަދޫ ސިޓީގައި ޚާއްސަ އިވެންޓެއް ބާއްވައިފި
ބައިނަލް އަޤުވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ 26 ޖޫން 2025 ފާހަގަ ކުރުމުގެގޮތުން ތިނަދޫސިޓީގައި 'ޢާއިލީ ދުވުމުގެ' ނަމުގައި މިއަދު ހަވީރު ޚާއްޞަ އިވެންޓެއް ބާއްވައިފި އެވެ.
24 Jun 2025
"10 ވަނަ ކިކާޒް ފުޓްބޯލް ކާނިވަލް"ގެ 12 އަހަރުން ދަށުގެ ޗެންޕިއަންކަން ހޯދި ޓީމުގައި އޭމްޖީ ސްޕޯޓްސް ސެކަޑަމީގެ ތިން ކުޅުންތެރިން
ސްރީ ލަންކާގެ ކިކާޒް އެކެޑެމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 10 ވަނަ ކިކާޒް ފުޓްބޯލް ކާނިވަލްގައި ވާދަކޮށް 12 އަހަރުން ދަށުގެ ޗެންޕިއަންކަން ހޯދި ވިލިމާލެ ޔުނައިޓެޑުގެ ޓީމުގައި އެމްޖީ ސްޕޯޓްސް އެކަޑަމީގެ ތިން ކުޅުންތެރިޔަކު ހިމެނިއްޖެއެވެ.