ޑޫއޭ އާއި ޑެމްބެލޭ
ކުޅިވަރު
08 Sep 2025 | 02:34
ޑެމްބެލޭ އަދި ޑޫއޭއަށް އަނިޔާވެ ބާސެލޯނާއި ދެކޮޅަށް ނުކުޅެވޭނެ

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކުގައި ފުރާންސް ގައުމީ ޓީމަށް ކުޅެނިކޮށް ޔޫރަޕްގެ ޗެންޕިއަން ޕީއެސްޖީގެ އެންމެ މުހިންމު ދެކުޅުންތެރިންކަމަށްވާ ޑިޒައޭ ޑޫއޭ އަދި އުސްމާން ޑެމްބެލޭއަށް އަނިޔާވެއްޖެއެެވެ.

މި ދެ ކުޅުންތެރިންނަށް އަނިޔާވީ ހުކުރު ދުވަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގައި 2-0 ގެ ނަތީޖާއަކުން ޔުކްރެއިން އަތުން ފުރާންސް މޮޅުވި މެޗުގައެވެ. މި އަނިޔާގެ ސަބަބުން ޑެމްބެލޭ ހަ ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަންޖެހިފައިވާއިރު، ޑޫއޭއަށް ހަތަރު ހަފްތާ ގެއްލޭނެއެވެ.

މީގެ ސަބަބުން މިމަހުގެ 17 ވަނަ ދުވަހު ޗެންޕިއަންސް ލީގުގައި އިޓަލީގެ އެޓެލާންޓާއި ދެކޮޅަށް ކުޅޭ މެޗާއި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ސްޕެއިންގެ ބާސެލޯނާއި ދެކޮޅަށް ޗެންޕިއަންސް ލީގުގައި ޕީއެސްޖީ ކުޅޭ ދެމެޗުގައި މިދެކުޅުންތެރިންނަށް ބައިވެރި ނުވެވޭނެކަން ވަނީ ކަށަވަރުވެފައެވެ.

ޑެމްބެލޭ އަދި ޑޫއޭ އަކީ މިދިޔަ ސީޒަނުގައި ޕީއެސްޖީ އިން ހޯދި ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކުރި ދެކުޅުންތެރިންނެވެ. އަދި ޑެމްބެލޭ އަކީ މިއަހަރު ބެލެންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިން ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއްކުޅުންތެރިއާ އެވެ.

މީގެ އިތުރުން ޤައުމީ ޓީމު ޑިއުޓީގައި މިދެކުޅުންތެރިންނަށް އަނިޔާ ވުމުން ޕީއެސްޖީގެ މެނޭޖްމަންޓުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ފުރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނަށް ސިޓީއެއް ވެސް ފޮނުވައިފިއެވެ. މި ސިޓީގައި ފްރާންސްގެ ގައުމީ ޓީމާ ޕީއެސްޖީ އާދެމެދު ކުޅުންތެރިންގެ ކަންކަމުގައި ގުޅުން ރަނގަޅުކުރުމަށް ވަނީ އެދިފައިވެއެވެ.

ކޮމެންޓް
އާޔަން
އޯކޭ
10 Sep 2025
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ