އަޒްނީމް އަދި ރައްޔާން
ކުޅިވަރު
11 Sep 2025 | 03:47
އައްޒަގެ 17 އަހަރުވީ 100 މީޓަރުގެ ރެކޯޑް އުމުރުން 17 އަހަރުގެ ރައްޔާން އައުކޮށްފި

ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްދާ 16 ނެޝަނަލް ޖޫނިއާ ޗެންޕިއަންޝިޕްގައި ވާދަކޮށް ތިނަދޫ ޒުވާނުންގެ ކުލަބުގެ އަހްނަފު ރައްޔާން ފަހުމީ މިމުބާރާތުގެ 17 އަހަރުވީ 100 މީޓަރުގެ މީޓް ރެކޯޑް އައުކޮށްފިއެވެ.

މިމުބާރާތުގެ މީޓް ރެކޯޑް ކުރިން އޮތީ ރާއްޖޭގެ ކުރީގެ 100 މީޓަރު ގައުމީ ރެކޯޑް ހޯލްޑަރު އަޒްނީމް އަހުމަދު އަތުގައެވެ. އެއީ 2008 ވަނަ އަހަރު ކުޅުދުއްފުށީ ސިޓީގައި ބޭވުނު ދެވަނަ މަކިޓާ ނެޝަނަލް ޖޫނިއާ ޗެންޕިއަންޝިޕްގައި 11.40 ސިކުންތުން ދުވެގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ.

މިއަދު ކުރިއަށްދިޔަ 20 އަހަރުން ދަށުގެ 100 މީޓަރު ދުވުން ރައްޔާން އެއްވަނަ ހޯދީ 11.21 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އެއީ 0.19 ސިކުންތުގެ ކުރިއެރުމެކެވެ. މިއިވެންޓުން ދެވަނަ ހޯދީ 11.51 ސިކުންތުން ރޭސް ފުރިހަމަކުރި ޝަރީފް ސްޕޯޓްސް ކުލަބުގެ ސިޒާން އަލީ ރިޒާ އެވެ. އަދި މިއިވެންޓުން ތިންވަނަ ހޯދީ 11.58 ސިކުންތުން ރޭސް ފުރިހަމަކުރި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަތޫފް މުހައްމަދު އާތިފް އެެވެ.

މީގެ އިތުރުން އުމުރުން 17 އަހަރުގެ ރައްޔާން ވަނީ މިމުބާރާތުގެ ލޯންގްޖަޕް އިވެންޓުގައި ވާދަކޮށް 5.99 މީޓަރު ދުރައް ފުއްމައިގެން މިއިވެންޓުން ވެސް އެއްވަނަ ހޯދާފައެވެ. އަދި މިއަހަރުގެ ގައުމީ އެތްލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުނުން ދެވަނަ ހޯދީ ރައްޔާން އަކީ ތިނަދޫ ސީޓީ ކުރިއަށްދާ ނެޝަނަލް ޕޫލުގައި ތަމްރީން ހަަދަމުން އަންނަ އެތްލީޓެކެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ