ނިބާލް (ކ) އަދި ނަބީހާ
ކުޅިވަރު
07 Sep 2025 | 19:51
ސިންގަލްސް ޗެންޕިއަންކަން ނަބީހާ އާއި ނިބާލްއަށް

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ އޯޕަން ކެޓަގަރީގެ ސިންގަލްސް ޗެންޕިއަންކަން، ރިވައިވަލް ސްޕޯޓްސްގެ އަައިމިނަތު ނަބީހާ އަބްދުލް ރައްޒާގު އާއި ނިބާލް އަހުމަދު ހޯދައިފި އެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ޗެންޕިއަންކަން ނިބާލް ހޯދީ ފައިނަލުގައި ރިވައިވަލްގެ ޒަޔާން ޒަކީއާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހު އެވެ. އަދި ފައިނަލް މެޗުގެ ސެޓްތައް ނިބާލް ކާމިޔާބުކޮށްފައިވަނީ 21-19، 21-13 ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެ ފައިނަލުގައި ވެސް ވާދަކޮށްފައިވަނީ ޒަޔާން ޒަކީ އާއި ނިބާލް އެވެ. އެގޮތުން، 2022 ވަނަ އަހަރު ޒަޔާން ބަލިކޮށް ނިބާލް ޗެންޕިއަންކަން ހޯދިއިރު، 2023 ވަނަ އަހަރު ނިބާލް ބަލިކޮށް ޗެންޕިއަންކަން ހޯދީ ޒަޔާން ޒަކީ އެވެ.

މީގެ އިތުރުން ޒަޔާން ވަނީ 2017 ވަނަ އަަަހަރު ވެސް ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ޗެންޕިއަންކަން ހޯދައިފަ އެވެ. އަދި، ދާދި ފަހުން ނައިފަރުގައި ބޭއްވު، ނައިފަރު އޯޕަން މުބާރާތުގެ ސިންގަލްސް ޗެންޕިއަންކަން ޒަޔާން ހޯދީ ވެސް ނިބާލް ބަލިކުރުމަށްފަހު އެވެ.

މިއަހަރުގެ މުބާރާތުގެ އަންހެން ސިންގަލްސްގެ ފުރަތަމަ ސެޓުގައި، ނަބީހާ 10-4 ކުރީގައި އޮއްވައި، ފާތިމަތު ނަބާހާ އަށް އަނިޔާވެ މެޗު ކުރިއަށްނުގެންދެވުމުން ނަބީހާއަށް މެޗު ލިބުނީ އެވެ. އަދި އަންހެން ޑަބަލްސް ޗެންޕިއަންކަން، ނަބީހާ އާއި ނަބާހާގެ ޕެއާ އިން ހޯދީ ފައިނަލުގައި ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ފިލިޕީންސްގެ މަރޭކްރިސް މިސްޓީ އާއި ރޮސެލީން ކަޔައޯން ވަހީދުގެ ޕެއާ ބަލިކުރުމަށްފަހު އެވެ. އަދި އެމެޗުގެ ސެޓުތައް ނަބީހާ އާއި ނަބާހާގެ ޕެއާ އިން ކާމިޔާބުކުރީ 21-06، 21-10 ގެ ނަތީޖާައަކުންނެވެ.

މިއަހަރުގެ މުބާރާތުގައި އަށް ގައުމަކުން 347 ކުޅުންތެރިން ވާދަކުރިއިރު، 700 އަށް ވުރެން ގިނަ މެޗު ވަނީ ކުޅެފައެެވެ. އަދި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. 



ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ