ޔަޝްމް.. ފޮޓޯ: ޔަޝްމް އެފްބީ
ކުޅިވަރު
11 Sep 2025 | 18:05
ޤައުމީ ހޭންޑް ބޯލް ޓީމުން ބާކީކުރިގޮތާމެދު ހިތާމަކުރަން: ޔަޝްމު

ޤައުމީ ހޭންޑްބޯލްޓީމުން ބާކީކުރިގޮތާމެދު ހިތާމަކުރާކަމަށް މިދިޔަ އަހަރު ހޭންޑް ބޯޅައިގެ މުޅުކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ޔަޝްމު ބުނެފިއެވެ.

ހޭންޑްބޯލްޓީމުން ބާކީކުރި މައްސަލާގައި ޔަޝްމު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މެލޭޝިއާގައި ތަމްރީނުތަކުގައި އުޅެފައި މާލެ އައިފަހުން ޓީމުން އެކަހެރިކޮސްފައިވާކަމަށެވެ. ޔަޝްމު ބުނީ މާލެ އައުމަށްފަހު ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ޓީމުގެ ފަރާތުން އެއްވެސް ކަހަލަ އިޝާރާތެއް ލިބިފައި ނުވާކަމަށެވެ. ޔަޝްމު ބުނީ ޓީމުން ބާކީކުރިއިރު އޭނާ ދިޔައީ މެލޭޝިއާގައި ތަމްރީނުތައް ފުރިހަމަކުރަމުން ކަމަށާއި، މިއީ ހޭންޑް ބޯޅާގައި ރާއްޖޭގެ ކުޅުންތެރިއަކަށް ލިބުނު މިފަދަ ފުރަތަމަ ތަޖުރިބާ ކަމަށެވެ.

ޔަޝްމު ބުނީ މެލޭޝިޔާގައި ކުރި 2.5 މަސް ދުވަހުގެ ތަމްރީންތަކުގައި ހާޒިރުވި ރެކޯޑްތައް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސާ ހިއްސާކޮށްފައިވެސް ވާނޭކަމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި، ހޭންޑްބޯލް އެސޯސިއޭޝަނުން އޭނާގެ ހާޒިރީ ރަނގަޅުވުމުގެ ސަބަބުން ދެމަސްދުވަހުގެ ގައުމީ ޓީމުގެ މުސާރަވެސް ދީފައިވާކަން ފާހަގަކުރިއެވެ.

މާލެއަށް އައިތާ މާގިނަ އިރެއް ނުވެ، އެސޯސިއޭޝަނުން އަހަންނަށް ގުޅައި، ބުނީ ޓެސްޓަކަށް އައުމަށް. އަހަރެން ދަތުރުކޮށްފައި އައިތާ މާގިނަ އިރެއް ނުވާތީ، އެވަގުތު ޓެސްޓެއް ހަދަން ދާން އަހަންނަށް ފަސޭހައެއް ނޫން. އެދުވަހުން ފެށިގެން، އަހަރެން ގައުމީ ޓީމުން ވަކިކުރި ސަބަބާ ބެހޭގޮތުން ތަފާތު ވާހަކަތައް ވަނީ އަޑުއިވިފައި

ޔަޝްމު ބުންޏެވެ.

ޔަޝްމު ބުނީ ބައެއް ކޯޗުންގެ ފަރާތުން އަޑުއިވުނު ގޮތުގައި އޭނާ ޓީމުން ބާކީކުރީ ޓެސްޓަށް ނުދިއުމުންކަމަށާއި، އަނެއްބައި ކޯޗުންގެ ނަޒަރުގައި ވަކިކުރީ އެހެން ސަބަބުތަކެއް ހުރުމުން ކަމަށެވެ.

ޔަޝްމު ބުނީ މިއީ ލިބިގެންދިޔަ ވަރަށްބޮޑު ހިތާމައެއް ކަމަށާއި، ކޮންމެ ތަނެއްގައި ކުޅުނު ކަމުގައި ވިޔަސް، ދިވެހި ހޭންޑްބޯޅަ ކުރިއެރުވުމަށްޓަކައި ބުރަ މަސައްކަތްކުރުމަށް އަބަދުވެސް ތައްޔާރަށް ހުރިކަމަށެވެ.

މި މައްސަލާގައި ހޭންޑްބޯލްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވަނީ، މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްދިނުމަށް ވަރަށް އަވަހަށް ބަޔާނެއް ނެރޭނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.