16 Jul 2025
ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ސެލެކްޝަން މާލެ އަދި ކުޅުދުއްފުށީގައި
މިއަހަރުގެ ސެޕްޓެންބަރު މަހުގެ 18 އިން 22 އަށް ކުޅުދުއްފުށީ ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމު އެކުލަވާލުމަށް މާލޭ ސިޓީގެ އިތުރުން ކުޅުދުއްފުށީގައި ޓްރައިއައުޓްސްތަކެއް ބޭއްވުމަށް ހޭންޑްބޯޅަ މޯލްޑިވްސް އިން ނިންމައިފިއެވެ.
16 Jul 2025
މާދަމާ މާލޭގައި ފަށާ ކާވާ ޗެންޕިއަންސް ލީގުގައި ރާއްޖޭގެ ދެޓީމު
ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެންޕިއަންސް ލީގު މާދަމާ، މާލޭ ސިޓީގައި ފަށާއި މިމުބާރާތުގައި ރާއްޖޭގެ ދެޓީމެއް ވާދަކުރާނެއެވެ.
15 Jul 2025
ސީދާ ތިން ސެޓުން އެޗްޑީސީ ބަލިކޮށް ޑީއެސްސީ އިން ޤައުމީ މުބާރާތް މިލްކުކޮށްފި
ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ރޭ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވާދަކުދި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޑީއެސްސީ އިން މުބާރާތުގެ ތަށި މިލްކުކޮށްފިއެވެެ.
13 Jul 2025
ޤައުމީ ކެރަމް މުބާރާތް: އަންހެން ސިންގަލް ޗެންޕިއަންކަން ދިފާއުކޮށް ވިދާދް ރެކޯޑް ހަދައިފި
މިހާރު ކުރިއަށްދާ 34 ވަނަ ޤައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެންޕިއަންކަން ހަތްވަނަ ފަހަރަށް ކާމިޔާބުކޮށް، އާމިނަތު ވިދާދް ތާރީޚީ ރެކޯޑެއް ޤާއިމުކޮށްފިއެވެ.
12 Jul 2025
ރ. ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ރަސްމާދޫ އިން ހޯދައިފި
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ފައިނަލުގައި ހުޅުދުއްފާރާއި ރަސްމާދޫ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން މޮޅުވެ، ރަސްމާދޫ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
12 Jul 2025
ގައުމީ ވޮލީބޯޅަ މުބާރާތް: ފަސޭހަކަމާއެކު ދަޑިމަގު ބަލިކޮށް ޑީއެސްސީ ފައިނަލުން ޖާގަ ހޯދައިފި
މިހާރު ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ސީދާ ތިން ސެޓުން ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އިން މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެެވެ.
11 Jul 2025
ރިސޯޓް ލީގު: އިތާފުށި ބަލިކޮށް ސައުތު މާލެ ލީގުގެ ޗެންޕިއަންކަން އޮޅުވެލިން ހޯދައިފި
ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގެ ސައުތު މާލެ ލީގު ފައިނަލުގައި މިއަދު ހަވީރު ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި އިތާފުށި ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮލުވެލިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
08 Jul 2025
ފަސޭހަކަމާއެކު އިނގުރައިދޫ ބަލިކޮށް ހުޅުދުއްފާރު ފައިނަލުން ޖާގަ ހޯދައިފި
ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ސެމީފައިނަލް ދެވަނަ މެޗުގައި މިރޭ ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން އިނގުރައިދޫ ބަލިކޮށް ހުޅުދުއްފާރުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.