ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ބޭއްވި ފުޓްބޯޅަ ފެސްޓްގައި...
ހަބަރު
24 Oct 2025 | 18:40
ރާއްޖޭގެ ފުޓްބޯޅައިގެ މިސްރާބް މިހާރު ހުރީ ރަނގަޅަށް: އިންފަންޓީނޯ

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މިސްރާބު މިހާރު ހުރީ ރަނގަޅަށްކަމަށް ދުނިޔޭގެ ފުޓްބޯޅަ އާ ބެހޭ މައި ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ހެނދުނު ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އިންފަންޓީނޯ މިއަދު ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން އިންފަންޓީނޯ ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ބަދަލުވަމުންދާ ހާލަތާ ގުޅޭގޮތުން ފީފާގެ ރައީސްގެ ރަޢުޔު ވިދާޅުވެދެއްވާފައެވެ.

އިންފަންޓީނޯ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައަށް ގޮންޖެހުންތަކެއް ހުރިނަމަވެސް އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްހަމަ ޖެހޭކަމަށެވެ. އެގޮތުން އެފްއޭއެމްގެ މިހާރުގެ ލީޑަރޝިޕަށް އިތުބާރުކުރައްވާކަން ފާހަގަކުރައްވަމުން އިންފަންޓީނޯ ވަނީ ފީފާގެ ފަރާތުން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުމަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފުޓްބޯޅައަށް ޒުވާން ހުނަރުވެރި ކުޅުންތެރިން ތަމްރީން ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ބޭއްވި ފުޓްބޯޅަ ފެސްޓްގައި...

ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އިންފަންޓީނޯ ވަނީ ގަލޮޅު ދަނޑުގައި ބޭއްވި ފުޓްބޯޅަ ފެސްޓް ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ހަރަކާތުގައި ދައްކާލުމުގެ ހާއްސަ މެޗެއް ކުޅެފައިވާއިރު، އެއްކޮޅުން ބައްދަލުކުރީ ފީފާގެ ރައީސް ކެޕްޓަންކަމުގެ ދަށުން އެކުލަވާލި ޓީމަކާއި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެޕްޓަންކަމުގެ ދަށުން އެކުލަވާލި ޓީމެކެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ އާއްމުން ވަނީ ބައިވެރިވެފައެވެ. މިއީ ހީނަރުވެފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ގަދަކުރުމުގެ ގޮތުން ބޭއްވި އިވެންޓެއްކަމަށް އެފްއޭއެމުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.