އޭޝިއަންކަޕްގައި ރާއްޖެ ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: ޕީއެސްއެމް
ކުޅިވަރު
14 Oct 2025 | 18:22
ތަޖިކިސްތާނު އަތުން ބަލިވެ، ގްރޫޕްގެ އެންމެ ފުލުގައި ރާއްޖެ

އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ތަޖިކިސްތާނާ ދިވެހިރާއްޖެ ބައްދަލުކުރިމެޗް ތަޖިކިސްތާނުން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑު ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުން ދިވެހިން ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ. ތަޖިކިސްތާނުން މޮޅަށް ކުޅުނު މިމެޗްގައި އެޓީމުން ވަނީ މެޗް ފަށައިގެން ހަތަރުވަނަ މިނެޓް ތެރޭގައި ތަޖިކިސްތާނުން ވަނީ ލީޑް ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ސަފަރޯވް އެވެ. 

މެޗްގައި ތަޖިކިސްތާނުން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 34 ވަނަ މިނެޓް ތެރޭގައި ޝެރްވޮނީ އެވެ. އަދި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީވެސް ޝެރްވޮނީއެވެ. މިމެޗްގައި ރާއްޖޭގެ ކުޅުންތެރިންނަށްވެސް ވަނީ ލަނޑުޖަހާނެ ފުރުސަތުތައް ލިބިފައެވެ. މިގޮތުން އެންމެ ނުރައްކާތެރި އެއް ހަމަލާއަކީ އައިހަމް ހުރަސްދަނޑިމަތިން ފޮނުވާލި ބޯޅައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ތަޖިކިސްތާނުގައި ކުޅުނުމެޗް އެޓީމުން ކާމިޔާބުކުރީ ދޭއް ސުމެއްގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު މި ގްރޫޕްގެ އެއްވަނާގައި 10 ޕޮއިންޓާއެކު އުޅެނީ ތަޖިކިސްތާނެވެ. ދެވަނާގައި 6 ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު ތިންވަނާގައި އޮތީ 3 ޕޮއިންޓާއެކު ޓިމޯލެސްޓޭ އެވެ. އެންމެ ފުލުގައި ރާއްޖެ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

މިއަދުގެ މެޗަކީ ވޭތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ގަލޮޅު ދަނޑުގައި ރާއްޖޭގެ ޤައުމީޓީމް ކުޅުނު ފުރަތަމަ މެޗެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.