ރައީސް ޤައުމީޓީމާއެކު މީގެކުރިން ބޭއްވި ސައެއްގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ކުޅިވަރު
18 Oct 2025 | 14:10
ޤައުމީޓީމްތަކުގެ އެލަވަންސް ބޮޑުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އެލަވަންސް ބޮޑުކޮށްފިއެވެ.

ޤައުމީޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދެމުން އަންނަ އިނާޔަތް އެއްހަމައިން ބޮޑުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން ޤައުމީޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޭ އިނާޔަތް ވަނީ 7،000 ބޮޑުކޮށްފައެވެ. މީގެ ކުރިން އެތްލީޓުން ނުވަތަ ކުޅުންތެރިންނަށް ދެމުންދިޔައީ މަހަކު 5،000 ރުފިޔާއެވެ. އަދި އޮފިޝަލުންނަށް 2500 ރުފިޔާއެވެ. 

މިކަމާ ގުޅޭގޮތުން ކުޅިވަރާބެހޭ ވުޒާރާއިން އެސޯސިއޭޝަންތަކަސް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް މެއިމަހުން ފެށިގެން އިނާޔަތުެގ ގޮތުގައި 7000 ރުފިޔާ ދިނުމަށް ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާކަމަށެވެ. އެގޮތުން ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން މުސާރަ ޝީޓުތަކުގައި އެއަދަދު ހިމެނުމަށް ވަނީ އަންގާފައެވެ. 

ޤައުމީޓީމްތަކުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ދޭ އިނާޔަތް ބޮޑުކުރިނަމަވެސް، ފުޓްސަލް ޓީމު އޭގެތެރެއަކު ނުހިމެނެއެވެ. މީގެ ސަބަބެއްކަމަށް މައުލޫމާތު ލިބިފައިވަނީ، އެފްއޭއެމްގެ ތެެރެއިންމިހާދުވަސް ވެގެންދިޔައިރު ފުޓްސަލް އާ ގުޅޭ އުސޫލެއް އެކުލަވާލެވިފައި ނެތުމުންނެވެ. އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ