ނަބާހާ އާއި ނަބީހާ-- ފޮޓޯ/ ރިވައިވަލް ސްޕޯޓްސް އެކަޑެމީ
ހަބަރު
16 Nov 2025 | 12:10
ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ ދެ ފައިނަލަށް ރިވައިވަލް

ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ ދެ އިވެންޓެއްގެ ފައިނަލުން ރިވައިވަލް ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފިއެވެ.

މިޖާގަ ހޯދައިފައި ވަނީ ކްލަބުގައި ހިމެނޭ ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އަދި ޒަޔާން ޒަކީއެވެ.

ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ އަންހެން ޑަބަލްސް ފައިނަލުން ޖާގަ ޔަގީންކޮށްފަ އެވެ. އަދި ޒަޔާން އާއި ނަބާގެ ޕެއާ މިކްސް ޑަބަލްސް ފައިނަލުން ވަނީ ޖާގަ ޔަގީންކޮށްފައެވެ. 

ނަބާ އާއި ނަބީ އަދި ޒަޔާންގެ އިތުރުން، ދެން ރިވައިވަލް އިން ޒެމްބިއާ މުބާރާތް ހިމެނޭ ގޮތަށް އެފްރިކާގެ ތިން މުބާރާތެއްގައި ކުޅޭ ސްކޮޑުގައި ހިމެނެނީ، ނިބާލް އަހުމަދު، ހައިޝަމް އިބްރާހިމް އަލީ، ހަސަން ޒަޔާން އެވެ.

ބީޑަބްލިއުއެފް އިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު، ސަސްޕެންޝަނަށް ލުއިތަކެއްް ދިނުމުން މިއީ، ބްރޭކަކަށް ފަހު ރާއްޖޭގެ ކުޅުންތެރިން ބީޑަބްލިއުއެފްގެ މުބާރާތްތަކުގައި ވާދަކުރާ ފުރަތަަމަ ފަހަރެވެ.

ފައިނަލުގައި ނަބާ އާއި ޒަޔާން މިއަދު ކުޅޭނީ މިސްރުގެ އިއްޒަތު ކަރީމް އާއި ނޫރު އަހުމަދުގެ ޕެއާއާ އެވެ.

މިއީ، ބީޑަބްލިއުއެފް މުބާރާތްތަކުގައި ޒަޔާން އާއި ނަބާގެ ޕެއާ އިން ކުޅޭ ތިން ވަނަ ފައިނަލެވެ. މީގެ ކުރިން، ޕާކިސްތާނުގައި 2019 ވަނަ އަހަރު، ބޮޓްސްވާނާގައި މިދިޔަ އަހަރު އަދި ޒެމްބިއާގައި މި އަހަރު މި ވަނީ ފައިނަލަށް ދަތުުރުކޮށްފަ އެވެ.

އަންހެން ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ނަބީ އާއި ނަބާ ވަނީ ޒެމްބިއާގެ އެލިޒަބަތު ޗިޕެލްމޭ އާއި އެންގާންޑްވޭ މިޔަމްބޯ އަތުން މޮޅުވެފަ އެވެ. ފައިނަލުގެ ޖާގަ ލިބުނީ ސެމީ ފައިނަލުގައި ނަބީ އާއި ނަބާގެ ޕެއާއާ ކުޅެން އޮތް ޓީމުން ވަކިވުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.