ފަލަސްތީނުގެ ޒުވާންޓީމް ފަރިތަކުރުންތަކުގައި... ފޮޓޯ:އެފްއޭއެމް
ހަބަރު
13 Nov 2025 | 07:17
ދިވެހިރާއްޖެއާ ފަލަސްތީނު ބައްދަލުކުރާ މެޗްގެ ޓިކެޓް ވިއްކަން ފަށައިފި

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެއާ ފަލަސްތީނުގެ ޒުވާން ޤައުމީތީމް ބައްދަލުކުރާ މެޗްގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޒުވާން ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ ހޯމަދުވަހެވެ. ފަލަސްތީނުގެ ޓީމް ކުރި މި ދަތުރުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިރޭ 20:30 ގައެވެ. އެފްއޭމުން ބުނީ މެޗްގެ ޓިކެޓް ވިހާރު ވިއްކަމުންދާކަމަށެވެ.

ފަސޭހަކަމާއެކު ޓިކެޓް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެފްއޭއެމުން ވަނީ، މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްއަޕަށް މެސެޖުކޮށްގެން ޓިކެޓް ގަނެވޭނޭ އިންތިޒާމު ހަމަޖައްސާފައެވެ.

ފަލަސްތީނުގެ ޒުވާންޓީމް ފަރިތަކުރުންތަކުގައި... ފޮޓޯ:އެފްއޭއެމް

މީގެ އިތުރުން ގަލޮޅު ދަނޑުން މިއަދު ހެނދުނު 9 އަކުން ފެށިގެން 12:00 އަށް އަދި މެންދުރުފަހު 14:00 އިން ފެށިެގން 18:00 އަށް ޓިކެޓް ވިއްކަމުންދާނެއެވެ. އެފްއޭއެމުން ވަނީ ފަލަސްތީނު ޓީމަށް އެހީތެރިވުމަށްޓަކައި މިމެޗްތަކަށް ހާއްސަ ސްވެނިއަރ ޓިކެޓްތަކެއް ވިއްކުމަށް ނިންމާފައެވެ. އެގޮތުން ސްވެނިއަރ ޕްލެޓިނަމް ޓިކެޓް 1000 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ވީވީއައިޕީ (ރޮސްޓްރަމް) ގެ 50 ޓިކެޓެވެ. މީގެ އިތުރުން ދެން ހިމެނެނީ 200 ސްވެނިއަރ ގޯލްޑް ޓިކެޓެވެ. މި ޓިކެޓްތައް ވިއްކުމަށް ނިންމާފައިވަނީ، 500 ރުފިޔާއަށެވެ.

ފަލަސްތީނުގެ ޒުވާންޓީމް ފަރިތަކުރުންތަކުގައި... ފޮޓޯ:އެފްއޭއެމް

އެފްއޭއެމުން ފަލަސްތީނުމެޗް ޓިކެޓް ވިއްކިނަމަވެސް ގަލޮޅުދަނޑަށް ކުޅިބަލަން ހިލޭ ވަނުމުގެ އިންތިޒާމުވެސް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. 

ފަލަސްތީނުގެ ޓީމް ރާއްޖެ އައިސްފައިމިވަނީ އޭޝިއަންކަޕް ކޮލިފައިންގައި އެޓީމް ކުޅެންޖެހޭ މެޗްގެ ކުރިން ތަމްރީނުތައް ހަދައި ރާއްޖޭގެ ޤައުމީޓީމާއެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށެވެ. އޭއެފްސީ ކަޕް ކޮލިފައިން މެޗްތައް އޮންނާނީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ