ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: އެމްއެންޑީއެފް
ހަބަރު
01 Aug 2026 | 20:02
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅުނު ފަރާތްތަކަށް ހިންގި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބާއްވައިފިއެވެ.

މި ކޯހުން ޖުމްލަ 116 ދަރިވަރުން ދަސްވެނިވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 94 ފިރިހެން ދަރިވަރުންނާއި 22 އަންހެން ދަރިވަރުންނެވެ. އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް) އިން ހިންގި މި ކޯހުގެ ތަމްރީނުތައް ފެށީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހުއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ. ވަޒީރު ވަނީ ލަޝްކަރު ބަލައި ފާސްކުރައްވައި ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައި ދަރިވަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

ކޯހުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމާއި ހެވިކަމުގެ ދާއިރާ އިން ދޭ ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް ލިބުނީ ޕްރައިވެޓް މަހުދީ އަޙްމަދަށެވެ. ހަށިހެޔޮކަމުގެ އެއްވަނައަށް ދޭ ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް ޕްރައިވެޓް ރިފާ މުޙައްމަދު ހޯދި އިރު ބަޑިޖެހުމުގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް ލިބުނީ ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢުއަށެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ހާސިލުކޮށް މޭޖަރ ޙުސައިން ޝާކިރު އެވޯޑް ގެންދިޔައީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދެވެ.

ޕްލެޓޫން ފެންވަރުގައި ބަލާ އިރު ކޯހުން އެއްވަނައަށް ދިޔައީ ޝަހީދު ޢަލީރަސްގެފާނު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫނެވެ. ބްރާވޯ ޕްލެޓޫނުގެ އެންމެ މޮޅު ދަރިވަރަކީ ޕްރައިވެޓް މަރިޔަމް ޝާނީއެވެ. ޓެންގޯ ޕްލެޓޫނުގެ އެއްވަނަ ޕްރައިވެޓް ރިފާ މުޙައްމަދު ހޯދި އިރު ޗާލީ ޕްލެޓޫނުގެ އެއްވަނައަށް ޕްރައިވެޓް އާނިމް މުޙައްމަދު އަދި ގޮލްފް ޕްލެޓޫނުގެ އެއްވަނައަށް ޕްރައިވެޓް އައިޝަތު ޝާމިޒް ޢަޒީޒް ހޮވިފައިވެއެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ ސީޑީއެސްއެސްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި ޖެނެރަލް އޮފިސަރުންނާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ނަޞްރުﷲ ވަސީމް އާއި ސިފައިންގެ އޮފިސަރުންނާއި މުދައްރިބުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ވެސް ބައިވެރިވެލެއްވިއެވެ.

އަސާސީ ތަމްރީނު ކޯހަކީ ސިފައިންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރެވޭ ފެންވަރަށް ޢިލްމާއި ހުނަރު ދަސްކޮށްދީ ޤައުމިއްޔަތަށް ލޯބިކުރާ ސިފަވަންތަ ހަށިހެޔޮ ސިފައިންގެ މީހުން ބިނާކުރުމަށް ހިންގާ ކޯހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.