ގއ ދިޔަދޫގައި ހުރި މިސްކިތެއް- ފޮޓޯ/ ގއ. ދިޔަދޫ ޕީ-8 ފޭސްބުކް ޕޭޖު
ހަބަރު
02 Aug 2026 | 10:50
މީގެ 40 އަހަރު ކުރީން މާލެއަށްފުރި ބައްތެއްޔަކުން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި

މީގެ 40 އަހަރު ކުރިން މާލެއަށް ދަތުރުކުރި ބައްތެއްޔަކުން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އިއުލާންކޮށްފިއެވެ.

ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.

މި މައްސަލައާ ގުޅިގެން ހަސަން މުހައްމަދުގެ ކާފަ ދަރިއަކު ވޮއިސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާގެ ކާފަ ގެއްލުނީ މީގެ 40 އަހަރު ކުރިން، ގއ. ދިޔަދޫގެ ބައްތެއްޔެއްގައި އިންޖީނު އެޅުމަށްޓަކައި މާލެއަށް ކުރި ދަތުރެއްގެ ތެރޭގައި ކަމަށެވެ.

އެ ދަތުރުގައި ބައްތެއްޔާއި އޭގައި ދަތުރުކުރި ހުރިހާ ފިރިހެނުން ގެއްލިފައިވާއިރު، މިއަދާ ހަމައަށްވެސް އެމީހުންނަށް ވީނުވީއެއް އެނގިފައި ނުވާކަމަށް އޭނާ ބުންޏެވެ.

ކޯޓުން މިފަދަ އިއުލާނެއް ކުރީ ހަސަން މުހައްމަދުގެ ތަރިކައާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައިވުމުން، އޭނާ ދުނިޔޭގައި ހުރިތޯ ނުވަތަ ނެތްތޯ ކަށަވަރު ކުރުމުގެ ގޮތުންނެވެ.

ގއ. ދިޔަދޫއަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ނަމަވެސް، 2009 ވަނަ އަހަރު އެ ރަށުގެ ރައްޔިތުން ވަނީ ރާއްޖޭގެ އެހެން ރަށްރަށަށް ބަދަލުކޮށްފައެވެ. އެ ރަށުގެ މީހުން މައިގަނޑު ގޮތެއްގައި ބަދަލުކުރެވުނީ ގއ. ގެމަނަފުއްޓާއި ލ. ފޮނަދޫއަށެވެ. އެހެންކަމުން މިހާރު ދިޔަދޫއަކީ ފަޅު ރަށެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.