ނިދިފައި އޮތް މީހެއް
ލައިފްސްޓައިލް
02 Aug 2026 | 08:58
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟

ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.

ނިދި ނުފިލައި ހުރުމަކީ ހަމައެކަނި "ކަންނެތް" ކަމެއް ނޫނެވެ. ދުވާލު ގަޑީގައި މާ ބޮޑަށް ނިދި އައުމަކީ ނިދުމުގެ ”ކޮލިޓީ“ ދަށްވުމާއި ޞިއްޙީ މައްސަލައެއް ހުރިކަމުގެ ޢަލާމާތަކަށް ވެދާނެއެވެ. މި މައްސަލައަށް ފަރުވާ ނުކޮށް ދޫކޮށްލައިފި ނަމަ އެހެނިހެން ބައެއް ދާއިމީ ބަލިތަކުގެ ނުރައްކާ ބޮޑުވެއެވެ.

ނިދި ނުފިލައި ހުންނަ ސަބަބުތައް ދެނެގަތުމަކީ މި މައްސަލައިން އަރައިގަތުމުގެ ފުރަތަމަ ފިޔަވަޅެވެ. އެންމެ ޢާންމު ސަބަބަކީ ނިދި މަދުވުމެވެ. ބޮޑެތި މީހުންނަށް ރެއެއްގެ މައްޗަށް ހަތް ގަޑިއިރާ ނުވަ ގަޑިއިރާ ދެމެދުގެ ރަނގަޅު ނިންޖެއް ބޭނުންވެއެވެ. ކޮންމެ ރެއަކު އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރު ނިދި މަދުވި ނަމަވެސް ނިދި މަދުވަމުން ދެއެވެ. ގަޑި ނުބަލައި ނިދުމާއި ނިދާ ގަޑީގައި ސްކްރީނަށް ބެލުމާއި އަޑުގަދަ ނުވަތަ ހޫނު ތަނެއްގައި ނިދުމަކީ ނިދީގެ ކޮލިޓީ ދަށްކޮށްލާ ކަންކަމެވެ. މީގެ އިތުރުން ނިދުމުގެ ބައްޔެއް ހުރުމާއި ނަފްސާނީ މައްސަލަތަކާއި ބައެއް ބޭސް ބޭނުންކުރުމަކީ ވެސް ދުވާލު ނިދި އަންނަ ސަބަބުތަކެވެ.

ނިދި ނުފިލައި ހުންނަ މައްސަލައަށް ޢަމަލީ ގޮތުން ކުރެވިދާނެ ފަސް ކަމެއް ތިރީގައި އެވަނީއެވެ.

1. ނިދުމާއި ހޭލުމުގެ ގަޑި އެއްގޮތް ކުރުން

ފުރަތަމަ ކަމަކީ ނިދުމާއި ހޭލުމުގެ ގަޑި އެއްގޮތް ކުރުމެވެ. ކޮންމެ ރެއަކު އެއް ގަޑިއެއްގައި ނިދައި ހުކުރާއި ހޮނިހިރު ދުވަހު ވެސް ހޭލަންވާނީ ހަމަ އެ ގަޑިއަށެވެ. ނިދި އައުމާއި ހޭލެވުން ކޮންޓްރޯލް ކުރަނީ ހަށިގަނޑުގެ 24 ގަޑިއިރުގެ އެތެރޭގެ ގަޑިންނެވެ. ބަރާބަރަށް ގަޑިއަށް ނިދީމާ އެ ގަޑި ހިނގާ ގޮތް ހަމައަކަށް އެޅެއެވެ.

2. ނިދުމުގެ ކުރިން ސްކްރީނާ ދުރުވުން

ދެވަނަ ކަމަކީ ނިދުމުގެ ކުރިން ސްކްރީނާ ދުރުވުމެވެ. ފޯނާއި ޓެބްލެޓުން ނުކުންނަ އައްޔަކީ ނިދީގެ ހޯމޯނެއް ކަމުގައިވާ މެލެޓޯނިން އުފެއްދުމަށް ސީދާ ހުރަސް އަޅާ އެއްޗެކެވެ. ޢާންމުކޮށް އިރު އޮއްސުމަށް ފަހު މެލެޓޯނިންގެ މިންވަރު މައްޗަށް ދަމުން ގޮސް ހަށިގަނޑު ނިންޖަށް ތައްޔާރުކޮށްދެއެވެ. ރޭގަނޑު ސްކްރީނުން އަންނަ އައްޔަށް ހުށަހެޅުމުން މެލެޓޯނިން ދަށްވެ ނިދީގެ ވަގުތު ފަސްވެއެވެ. މީގެ ސަބަބުން ނިދީގެ ފެންވަރު ދަށްވެ ޖެހިގެން އަންނަ ދުވަހު ވެސް ހަށިގަނޑަށް ރަނގަޅަށް އަރާމު ނުލިބެއެވެ. ނިދުމުގެ މަދުވެގެން އެއް ގަޑިއިރު ކުރިން ގޭތެރޭގެ ގަދަ ބޮކިތައް ނިއްވައިލާށެވެ. ވީ ވަރަކުން ނިދުމުގެ 30 މިނެޓް ކުރިން ސްކްރީނާ ދުރުވާށެވެ.

3. ހެނދުނު އިރުގެ އައްޔަށް ނުކުތުން

ތިންވަނަ ކަމަކީ ހެނދުނު އިރުގެ އައްޔަށް ނުކުތުމެވެ. ދުވާލުގެ ގުދުރަތީ އައްޔަކީ ހަށިގަނޑުގެ ނިދީގެ ސައިކަލް ހަމައަކަށް އެޅުމަށް ވަރަށް މުހިންމު ކަމެކެވެ. ދުވާލެއްގެ މައްޗަށް މަދުވެގެން 30 މިނެޓް ބޭރުގައި އިރުގެ އައްޔަށް ހޭދަކުރުމަކީ ނިދި ރަނގަޅުކުރުމަށް ވަރަށް ބޮޑު އެހީއެކެވެ. އިރުގެ އައްޔަކީ ހަށިގަނޑުގެ އެތެރޭގެ ގަޑި ރެގިއުލޭޓް ކުރުމަށް އެހީވެދޭ އެއްޗެކެވެ. ހެނދުނު ހޭލައިގެން ބޭރަށް ނުކުމެ ދާދި ކުޑަ ވަގުތުކޮޅެއް ހޭދަކުރުމުން ނުވަތަ ކުޑަދޮރުގެ ފޮތިގަނޑު ހުޅުވައިލައިގެން ގުދުރަތީ އައްޔެއް ހޯދުމުން ވެސް ހަށިގަނޑު ގުދުރަތީ ގޮތުން ހޭލައްވައެވެ.

4. ފެން ބޮއި ހައިޑްރޭޓްކޮށް ހުރުން

ހަތަރުވަނަ ކަމަކީ ފެން ބޮއި ހައިޑްރޭޓްކޮށް ހުރުމެވެ. ފެން މަދުވުމާއި ނިދި އައުމާ ގުޅުމެއް ވާ ކަމަށް ގިނަ ބައެއް ހީނުކުރި ނަމަވެސް ކުޑަކޮށް ފެން މަދުވުމުން ވެސް ސަމާލުކަމާއި ސިކުނޑީގެ މަސައްކަތް ދަށްވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ ފެނުގެ އެންމެ އެއް ނޫނީ ދޭއް އިންސައްތަ ގެއްލުނު ނަމަވެސް މޫޑާއި ހަނދާނާއި ހަކަތައަށް އަސަރުކުރެއެވެ. ފެން މަދުވީމާ ލޭގެ ޕްރެޝަރު ދަށްވެ ސިކުނޑިއަށް ލޭ ދައުރުވުން ކުޑަވެ ނިދި އައިސް ވަރުބަލިވެއެވެ. ރާއްޖެ ފަދަ ހޫނު ޤައުމެއްގައި ދިރިއުޅޭ ނަމަ ގިނައިން ފެން ބޯން ސަމާލުކަން ދޭންވާނެއެވެ.

5. ހެލިފެލިވެ އުޅުމާއި ކަސްރަތު

ފަސްވަނަ ކަމަކީ ހެލިފެލިވެ އުޅުމާއި ކަސްރަތެވެ. ދުވާލު ގަޑީގައި މެދުމިނުގެ ކަސްރަތުކުރުމުން ރޭގަނޑުގެ ނިދީގެ ފެންވަރު ރަނގަޅުވާ ކަން ދިރާސާތަކުން ސާބިތުވެފައިވެއެވެ. ގަވާއިދުން ކަސްރަތުކުރުމުން ރެއެއްގެ ނިދި ރަނގަޅުވެ ދުވާލު ގަޑީގައި ހަކަތަ އިތުރުވެ ނިދީގެ ބަދަލުގައި ހޭލައި ތާޒާކޮށް ހުރެވެއެވެ. ދުވާލަކު 30 މިނެޓް، ހަފުތާއަކު ފަސް ދުވަހު ކަސްރަތުކުރުމުން އަރާމު ނިދި ލިބުމަށް ބިޑު އެހީއެއް ލިބިދެއެވެ. މިކަމަށް ހެނދުނު ނުވަތަ ހަވީރު ބޭރުގައި ހިނގައިލުން ފަދަ ލުއި ކަމެއް ވެސް ފުދެއެވެ.

މީގެ އިތުރުން ދުވާލު ބޮޑު ކެއުމެއް ކެއުމުން ދުރުހެލުވުމާއި، ހަކުރު ގިނަ ލުއިކާނާއާއި ސޯޑާއާއި ހުދު ޕާނާއި ހުދު ޕާސްތާ ފަދަ ކާބޯހައިޑްރޭޓް ގިނަ ކެއުމާ ދުރުވެ ލުއި ކެއުމެއް ކެއުމުން ހަކަތަ ދަމަހައްޓައި ދުވާލު ނިދި ބަރުވެފައި ހުރުމުން ދުރުކޮށްދެއެވެ. ހަމައެހެންމެ ސްޓްރެސް ކުޑަކުރުން ވެސް މުހިންމެވެ. ސްޓްރެސް ވެފައި ހުންނަ އިރު ހަށިގަނޑުގެ ހަކަތަ ބޮޑު ބައެއް އެކަމަށް ދެއެވެ. ދުވާލުގެ ތެރޭގައި ހިތް ހަމަޖެހޭ ކަމެއް ކޮށް ރިލެކްސް ވުމުން ވަރުބަލިކަން ކުޑަވެއެވެ.

މިއިން އެއްވެސް ކަމެއް ބަދަލުކުރުމުން ވެސް ނިދި ނުފިލައި އެތައް ހަފުތާއެއް ވެއްޖެ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިދީގައި ނޭވާ ހުއްޓުން (ސްލީޕް އެޕްނީއާ) އާއި މި ނޫން ވެސް ނިދުމުގެ ބައެއް ބަލިތަކުގެ ސަބަބުން ނިދި ކުދިކުދި ބައިބަޔަށް ބެހި ނިދީގެ ކޮލިޓީ ދަށްވެއެވެ. މިފަދަ ބަލިތައް ހުރިކަން ގިނަ ފަހަރު މީހާއަށް ނޭނގެނީ ނިދީގެ ޓެސްޓެއް ނުހެދި ހުންނާތީއެވެ. ތިމާގެ ހަށިގަނޑަށް ބޭނުންވާ ނިދި ހޯދައިދެވޭނީ ފުރަތަމަ ތިމާ ނިދި ނުފިލައި ހުންނަ ޙަޤީޤީ ސަބަބު ދެނެގަނެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.