ޕީއެސްޖީ ބާސެލީނާގެ މެޗުގައި 19އަހަރުގެ މަޔޫލޫ ގޯލު ޖަހަނީ -- ފޮޓޯ: ރޮއިޓާސް
02 Oct 2025 | 11:31
ކެޕްޓަނާއި ތިން ސްޓްރައިކަރުން ނުލައި ވެސް ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޓީމުގެ އެންމެ މުހިންމު ތިން ކުޅުންތެރިންނާއި ކެޕްޓަން ނުލައި މިދިޔަ އަހަރުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމަން (ޕީއެސްޖީ) އިން ބާސެލޯނާ 2-1ގެ ނަތީއްޖާއަކުން ބަލިކޮށްފިއެވެ.

ބާސެލޯނާގެ މޮންޓްޖުއިކް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ބާސެލޯނާއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭޒްއަށް ގިނަ ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އޭނާއަށް އެންމެ އެދެވޭ ގޮތެއްގައި ހިފޭގޮތް ވެފައެއް ނުވެއެވެ.

ނަމަވެސް މެޗުގެ 19 މިނެޓުގައި އަރިމަތިން ހުސްކޮށްލުމަށްފަހު ތިރިތިރން މާކަސް ރަޝްފޯޑު ދިން ބޯޅައިގެ ބޭނުން ހިފައި ޓޮރޭޒް މެޗުގެ ލީޑް ނެގިއެވެ. 

އެ ގޯލަށް ފަހު ބާސެލޯނާ އަދި ޕީއެސްޖީން ވެސް ދިޔައީ ވަރަށް ބޮޑަށް ގޯލަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން ޕީއެސްޖީގެ ފުލްބެކް ނޫނޯ މެންޑޭޒްގެ އެޓޭކްތައް ފާހަގަކުރެވުނެވެ. ނަތީއްޖާއެއްގެ ގޮތުން ނޫނާ މެންޑޭޒް ވާތްފަރާތުން ކުރިއަށް ދިއުމަށްފަހު، 19 އަހަރުގެ ސެނީ މަޔޫލޫއަށް ދިން ބޯޅައިގެ ބޭނުން ހިފައި ޕީއެސްޖީން މެޗުގެ ނަތީއްޖާ އެއްވަރުކުރުމެވެ.

ޕީއެސްޖީ ބާސެލީނާގެ މެޗުގައި ފެރާން ޓޮރޭސް ގޯލު ޖަހަނީ -- ފޮޓޯ: ރޮއިޓާސް

ދެވަނަ ހާފު އެއްކޮށްހެން ކޮންޓްރޯލްކޮށްގެން ކުޅުނީ ޕީއެސްޖީންނެވެ. އެ ޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ހޯދައި، ބާސެލޯނާގެ ގޯލަށް ވަރަށް ބޮޑަށް ބާރުބޮޑުކޮށްފައެވެ. އެ އެޓޭކްތައް އިތުރަށް ވަރުގަދަވީ މެޗުގެ 72 ވަނަ މިނެޓުން ދެ ޓީމުން ވެސް ކުރި ބަދަލުތަކާ އެކުއެވެ.

އެގޮތުން ޕީއެސްޖީން އެ ޓީމުގެ އެޓޭކަށް ގޮންޒާލޯ ރާމޮސް އަރުވައި،  މަޔޫލޫގެ ބަދަލުގައި ކޮރެއާގެ ލީކަންއިން އެރުވި ހިސާބުން އެ ޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަވިއެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން މެޗުގެ 83 އިން ވަނަ މިނެޓުގައި ކަންގްއިންގެ ވަރުގަދަ ޝޮޓެއް ގޯލު ދަނޑީގައި ޖެހި ބޭރަށް ވެސް ނުކުތެވެ. މެޗުގައި ޕީއެސްޖީ މޮޅުވި މެޗު، މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގޮންސާލޯ ރާމޮސްއެވެ.

އޭނާ އެ ލަނޑު ޖަހައިފައިވަނީ މޮރޮކޯގެ ހުނަރުވެރި ފުލްބެކް، އަޝްރަފް ހަކީމީ ކަނާތްފަރާތުން ކުރިއަށް ގޮސް ތިރިތިރިން ދިން ބޯޅަ ގޯލު ތެރެއަށް ވައްދައިގެންނެވެ.

ޕީއެސްޖީ ބާސެލީނާގެ މެޗުގެ ތެރެއިން -- ފޮޓޯ: ރޮއިޓާސް

މި މެޗު ދެ ޓީމުން ވެސް ކުޅުނީ މުހިންމު ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން ޕީއެސްޖީއަށް އެ ޓީމުގެ ކެޕްޓަން މާކިންހޯސް އާއި ކުރިޔަށް ކުޅޭ އަދި އެންމެ ފަހުގެ ބެލެންޑިއޯ ހޯދި އުސްމާން ޑެމްބެލޭ، ކްވިޗާ ކަވަރަސްކޭލިއާ އަދި ޑެސިރޭ ޑުއޭ އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ. 

އަދި ބާސެލޯނާއަށް ބްރެޒިލްގެ ފޯވާޑް ރަފިނިއާ، ކީޕަރު ޖޯން ގާސިއާ އަދި ފާމިން ލޮޕޭޒް ވެސް އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ.

މެޗަށްފަހު ބާސެލޯނާގެ ކޯޗް ހާންސީ ފްލިކް ބުނީ ޕީއެސްޖީ މޮޅުވުން ހައްގު ކަމަށާއި، ރޭ ބާސެލޯނާގެ ފަރާތުން ފެނުނީ އެންމެ އެދެވޭ ކުޅުމެއް ނޫން ކަމަށެވެ.  ޕީއެސްޖީގެ ކޯޗް ލުއިސް އެންރީކެ އޭނާގެ ޓީމުގެ ހިތްވަރަށް ތައުރީފުކޮށް، ޚާއްސަކޮށް މަޔޫލޫގެ ކުޅުމަށް ތައުރީފުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.