ދިވެހި ކުޅިވަރު
25 Jan 2025
ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ވީބީ ސްޕައިކާސް ބަލިކޮށް ކްލަމްސީ ގުރޫޕްގެ އެއްވަނައަށް
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ކްލަމްސީ އާއި ވީބީ ސްޕައިކާސް ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ސެ ސެޓުން މޮޅުވެ ކްލަމްސީ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
24 Jan 2025
ވާދަވެރި ކުޅުމަކަށްފަހު ގެމަ ސިޓީ ބަލިކޮށް ވީބީ ސްޕައިކާސް އިން މުބާރާތް ފެށީ އިތުބާރާއެކު
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ދެވަަނަ މެޗުގައި ގެމަ ސިޓީ އާއި ވީބީ ސްޕައިކާސް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ސްޕައިކާސް އިން މުބާރާތް ފެށީ އިތުބާރާއެކުގައެވެ.
24 Jan 2025
ފަހަތުން އަރައި ބީޗް ބަމްޕާސް ބަލިކޮށް ހޫ ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފި
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ހޫ ސްޕޯޓްސް ކުލަބާއި ބިޗް ބަމްޕާސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހޫ ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
23 Jan 2025
ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025 ގެ ކުޅުން މާދަމާ ފަށަނީ
ގއ. ގެމަނަފުށީ އައިޑިއަލް ޖަމްއިއްޔާ އިން އިންތިޒާމްކޮށް އެރަށުގައި ބާއްވާ ފުރަތަމަ ފުރަތަމަ ބީޗު ވޮލީބޯޅަ މުބާރާތް " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025" ގެ ކުޅުން މާދާމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
05 Jan 2025
ވާދަވެރި ކުޅުމަކަށްފަހު އޭދަފުށި ބަލިކޮށް، ގަމުން ޗެރިޓީ ޝީލްޑް ދިފާއުކޮށްފި
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ފެށުމުގެ ގޮތުން ކުޅުނު"ޗެރިޓީ ޝީލްޑް" މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ބ.އޭދަފުށި ބަލިކޮށް ލ. ގަމުން ކާމިޔާބުކޮށްފިއެވެ.
03 Jan 2025
ރަށްވެހި ޗެލެންޖު 2024 ގެ ތަށި އެސްޖީސީ އިން ދިފާއުކޮށްފި
ފ.ނިލަންދޫގައި ކުރިއަށް ގެންދިޔަ އެމްޕީ ސައުދާ ރަށްވެހި ޗެލެންޖު 2024 ގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ސްޕޯޓްސް ކުލަބު ފަހުލަވާން (އެސްސީއެފް) ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ސުޕަރ ޖެނަރޭޝަން ކުލަބް (އެސްޖީސީ) އިން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
25 Dec 2024
ވާދަވެރި ކުޅުމަކަށްފަހު އައްޑޫ ބަލިކޮށް އޭދަފުށިން ގޯލްޑްކަޕް ކާމިޔާބުކޮށްފި
ނައިންޓީ ޕްލަސް އިން އިންތިޒާމުކޮށް މުޅޮ ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން އައްޑޫ ސިޓީ ބަލިކޮށް ބ.އޭދަފުށިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
21 Dec 2024
އަލިފުށި ކަޓުވާލުމަށްފަހު ފައިނަލްގެ ދެވަނަ ޖާގަ އައްޑޫ ސިޓީއަށް
މިހާރު މާލޭ ސިޓީގައި ކުރިއަށްދާ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އައްޑޫ ސިޓީ އާއި ރ.އަލިފުށި ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ އައްޑޫ ސިޓީ އިން ކަށަވަރުކޮށްފިއެވެ.