ދިވެހި ކުޅިވަރު
03 Feb 2025
ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025 ކާމިޔާބުކަމާއެކު ނިންމާލައިފި
29 ޖެނުއަރީ 2025 އިން 1 ފެބުރުއަރީ 2025 ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
02 Feb 2025
"ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ ކުޅުން ފަށައިފި
ޕޮލިސް ކުލަބުގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށް ގެންދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ ކުޅުން މިއަދު ހަވީރު ފަށައިފިއެވެ.
29 Jan 2025
ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025 ގެ ޗެންޕިއަންކަން ކްލަމްސީ އިން ހޯދައިފި
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ފައިނަލުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ހޫ ސްޕޯޓްސް ކުލަބު ބަލިކޮށް ކްލަމްސީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
27 Jan 2025
ވީބީ ސްޕައިކާސް މެޗަށް ހާޒިރު ނުވުމުން ފައިނަލްގެ ފުރަތަމަ ޖާގަ ހޫ ސްޕޯޓްސް ކުލަބަށް
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ސެމީފައިނަލްގެ ފުރަތަމަ މެޗަށް ބީވީ ސްޕައިކާސްގެ ޓީމު ހަމަނުވުމުން މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޫ ސްޕޯޓްސް ކުަލަބަށް ލިބިއްޖެވެ.
27 Jan 2025
ވާދަވެރި ކުޅުމަކަށްފަހު ބީޗު ބަމްޕާސް ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ކްލަމްސީއަށް
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބީޗު ބަމްޕާސް ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ކްލަމްސީ އިން ހޯދައިފިއެވެ.
26 Jan 2025
ފަސޭހަކަމާއެކު ގެމަ ސިޓީ ބަލިކޮށް ގުރޫޕް ބީގެ އެއްވަނަ ކްލަމްސީއަށް
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ގެމަ ސިޓީ އާއި ކްލަމްސީ ކުޅުނު މެޗު ފަސޭހަކަމާއެކު ސިދާ ދެ ސެޓުން ކާމިޔާބުކޮށް ކްލަމްޕްސީ އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަހޯދައިފިއެވެ.
26 Jan 2025
ޑަޒަންޓް މެޓާ ކަޓުވާލުމަށްފަހު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ހޫ ސްޕޯޓްސް ކުލަބު ސެމީފައިނަލުން ޖާގަހޯދައިފި
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ހޫ ސްޕޯޓްސް ކުލަބާއި ޑަޒަންޓް މެޓާ ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ހޫ ސްޕޯޓްސް ކުލަބު ސެމީފައިނަލުން ޖާގަހޯދައިފިއެވެ.
25 Jan 2025
ޑަޒަންޓް މެޓާ ބަލިކޮށް ބީޗް ބަމްޕަރސް އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
ގއ.ގެމަނަފުށީގައި މިހާރު ކުރިއަށްދާ " ގެމަނަފުށި ބީޗު ވޮލީބޯޅަ ކަޕް 2025"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ޑަޒަންޓް މެޓާއި ބީޗް ބަމްޕާސް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ބީޗް ބަމްޕާސް އިން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.