މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025
ކުޅިވަރު
07 May 2025 | 18:29
100 އަށްވުރެ ގިނަ އެތްލީޓުންނާއެކު މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް މާދަމާ ފަށަނީ

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށް، ރާއްޖޭގައި ބާއްވާ ފުރަތަމަ "މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025" މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ރައީސް އަލީ ރައީފް ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދެއްވި ގޮތުގައި މިހާރު ކުރިއަށްދަނީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. އަދި މުޅިން އަލައް ބާއްވާ މުބާރާތަކަށް ބަލާއިރު، އުންމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް މުބާރާތައް ލިބެމުން އަންނަކަމަށެވެ.

އެގޮތުން މިއަހަރުގެ މުބާރާތުގައި 11 ޓީމަކުން 100 އަަށްވުރެ ގިނަ އެތްލީޓުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގެ އެތްލީޓުން ވެސް ހިމެނެއެވެ.

އިތުރަށް ވާހަކަދައްކަމުން ރައީފް ބުނީ މުބާރާތުގައި ވާދަކުރާ ރާއްޖެއިން ބޭރުގެ އެތްލީޓުންގެ ތެރޭގައި "ހަންގޭރީ، ފިންލޭންޑް، ބަންގްލަދޭޝް. އިންޑިޔާގެ އިތުރުން ސްރީލަންކާގެ މާސްޓަރސް އެތްލީޓުން ފެނިގެންދާނެ".

8 މެއި 2025 އިން 10 މެއި 2025 އަށް ކުރިއަށްދާ މިމުބާރާތުގެ ހުރިހާ އިވެންޓެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 16:00 އިން 18:00 މާލޭ ކުޅިވަރު އެކުވެނީ ސިންތެޓިކް ޓްރެކުގައެވެ.

ވޯލްޑް މާސްޓަރސް އެތްލެޓިކްސްގެ މިންގަނޑުތަކަށް ފެތޭގޮތައް ބާއްވާ މިމުބާރާތް މިއަހަރު ފަސް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތީގެ އުމުރުފުރައެވެ.

މީގެ އިތުރުން މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 10،000 މީޓަރު، 4×400 މީޓަރު (މިކްސް ރިލޭ)، 4×800 މީޓަރު (މިކްސް ރިލޭ)، ޝޮޓް ޕުޓް ތްރޯއިންގ، ޑިސްކަސް ތްރޯއިންގ އަދި ޖެވަލިންގ ތްރޯއިންގ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ