ދިވެހި ކުޅިވަރު
03 Mar 2025
ހިރިލަންދު އާއި ކިނބިދޫގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް އޭގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި ތ.ހިރިލަންދުއާ ތ.ކިނބިދޫ ވާދަކުރި ފޯރިގަދަ މެޗު 5-5 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
02 Mar 2025
ގާދިއްފުށި ބަލިކޮށް ވޭމަންޑޫ އިން މުބާރާތް ފެށީ އިތުބާރާއެކު
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 7-3 ގެ ނަތީޖާއަކުން ތ.ގާދިއްފުށި ބަލިކޮށް ތ.ވޭމަންޑޫ އިން މުބާރާތް ފެށީ އިތުބާރާއެކު އެވެ.
02 Mar 2025
ވާދަވެރި ކުޅުމަކަށްފަހު ކޮޅުފުށި ބަލިކޮށް އޮމަދޫ އިން ފެށުން ރަނގަޅުކޮށްފި
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ތ.އޮމަދޫ އާއި މ.ކޮޅުފުށި ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮމަދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
26 Feb 2025
ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ޖެނުއަރީ މަހު ޕާކިސްތާނުގައި ބާއްވަނީ
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ސައުުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ޖެނުއަރީ މަހު ޕާކިސްތާނުގައި ބޭއްވުމަށް ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ނިންމައިފި އެވެ.
25 Feb 2025
"މީމުތާ ފުޓްސަލް ޗެލެންޖް 2025" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
"މީމުތާ ފުޓްސަލް ޗެލެންޖް 2025" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައިފިއެވެ.
25 Feb 2025
ސާބާ ވިމެންސް ޗެމްޕިއަންޝިޕް: ނޭޕާލް އަތުން ރާއްޖެއަށް ތާރީޚީ މޮޅެއް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި 53-46 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށް ރާއްޖޭގެ އަންހެން ގައުމީ ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
24 Feb 2025
ދިވެހި ސާފް ލީގަށް އިތުރު އިވެންޓެއް އިތުރުކޮށްފި
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދިވެހި ސާފް ލީގަށް މުޅިން އާ އިވެންޓެއް މިއަހަރު އިތުރުކޮށްފިއެވެ.
22 Feb 2025
50މ ބެކްސްޓްރޯކް އަދި 50މ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢުލްޔާ އައުކޮށްފި
އޮސްޓްރޭލިއާ ގައި މިހާރު ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސްގައި އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އަދި 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އައުކޮށްފިއެވެ.