ދިވެހި ކުޅިވަރު
06 Apr 2025
ސޯސަން ފުޓްސަލް ކަޕް 2025 ގެ ޗެންޕިއަންކަން ކާންޓް ޕްލޭ ހޯދައިފި
މިހާރު ކުރިއަށްދާ "ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2025" ގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ޔަންގް ސްޓަރސް ބަލިކޮށް ކާންޓް ޕްލޭ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
05 Apr 2025
ވަރުގަދަ ޓީމަކާއެކު ތަށި ދިފާއުކުރަން ނުކުތް ހެލޯ ބޭބީ ކަޓުވާލުމަށްފަހު ކާންޓް ޕްލޭ ފައިނަލުން ޖާގަ ހޯދައިފި
މިހާރު ކުރިއަށްދާ "ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2025" ގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގައި ވަރުގަދަ ޓީމަކާއެކު ތަށި ދިފާއުކުރަން ނިކުތް ހެލޯ ބޭބީ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކާންޓް ޕްލޭ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
05 Apr 2025
ފަސޭހަކަމާއެކު އެފްސީ އަމިގޯސް ބަލިކޮށް ޔަންގް ސްޓަރސް ފައިނަލުން ޖާގަ ހޯދައިފި
މިހާރު ކުރިއަށްދާ "ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2025" ގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން އެފްސީ އަމިގޯސް ބަލިކޮށް މުބާރާތުގެ ފައިނަލުން ޔަންގް ސްޓަރސް ޖާގަ ހޯދައިފިއެވެ.
01 Apr 2025
ހާމިދުގެ ހެޓްރިކާއެކު ސްޓްރީޓް ބްރޯސް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި
މިހާރު ކުރިއަށްދާ "ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2025" ގެ ގްރޫޕް އޭގައި ރޭ ކުޅުނު ހަތަރުވަނަ މެޗުގައި ސްޓްރީޓް ބްރޯސް އާއި ކާންޓް ޕްލޭ ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ސްޓްރީޓް ބްރޯސް ކާމިޔާބުކޮށްފިއެވެ.
01 Apr 2025
އަފްލާޒްގެ ހެޓްރިކާއެކު ފްލަޝް އަތުން އެފްސީ އަމިގޯސްއަށް ފަސޭހަ މޮޅެއް
މިހާރު ކުރިއަށްދާ "ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2025" ގެ ގްރޫޕް ބީގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފްލަޝް އާއި އެފްސީ އަމިގޯސް ވާދަކުރި މެޗު ފަސޭހަކަމާއެކު 6-2 ގެ ތަފާތުބޮޑު ނަތީޖާ މޮޅުވެ އެފްސީ އަމިގޯސް އިން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
01 Apr 2025
ތަފާތުބޮޑު ނަތީޖާއަކުން ރިޕްޓައިޑްސް ބަލިކޮށް ހެލޯ ބޭބީ އިން ފެންވަރު ދައްކާލައި
މިހާރު ކުރިއަށްދާ "ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2025" ގެ ގްރޫޕް ބީގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ރިޕްޓައިޑްސް އާއި އެންމެ ފަހުގެ ޗެންޕިއަން ހެލޯ ބޭބީ ވާދަކުރި މެޗު ފަސޭހަކަމާއެކު 17-3 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ހެލޯ ބޭބީ އިން އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ.
30 Mar 2025
23 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް އާރުޑީސީ އާއެކު ސޮއިކޮށްފި
ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ 77 މަޝްރޫއުގެ ތެރެއިން 23 ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެކު ސޮއިކޮށްފިއެވެ.
29 Mar 2025
10 ޓީމާއެކު ސޯސަން ފުޓްސަލް ކަޕް 2025 މާދަމާ ރޭ ފަށަނީ
އަރިއަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް "ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2025" މާދަމަ ރޭ ފެށުމައް ތާއްޔާރުވެއްޖެއެވެ.