ޤައުމީޓީމްގެ ކޯޗް ސުޒެއިން... ފޮޓޯ: އެފްއޭއެމް
10 Jun 2025 | 15:55
ޤައުމީ ފުޓްބޯޅަޓީމުގެ ކޯޗް ސުޒެއިން އިސްތިއުފާދީފި

ޤައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗްގެ މަޤާމުން އަލީ ސުޒެއިން މިއަދު އިސްތިއުފާދީފިއެވެ.

ސުޒެއިން މަގާމުން އިސްތިއުފާދީފައިމިވަނީ މިއަދު އޭޝިއަންކަޕް ކޮލިފިކޭޝަނުގައި ދިވެހިރާއްޖެއާ ޓިމޯ ލެސްޓޭ ބައްދަލުކުރިމެޗަށްފަހުއެވެ. މިމެޗް 0-1 ނަތީޖާއަކުން ކާމިޔާބުކުރީ ޓިމޯ ލެސްޓޭއެވެ.

ޤައުމީޓީމުން އިސްތިއުފާދޭނޭކަން ސުޒެއިން އިއުލާނުކުރީ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ސުޒެއިން ބުނީ މެޗުން ޓީމް ބަލިވުމުގެ ޒިންމާ އޭނާ ނަގާކަމަށާއި، މިއީ ޤައުމީ ފުޓްބޯޅަ ޓީމާ އެހެން މީހަކު ހަވާލުވާންޖެހޭ ވަގުތު ކަމަށެވެ. 

އިސްތިފާ ދޭނޭކަން އިއުލާނުކުރުމަށްފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ކޯޗް ސުޒެއިްނ ބުނީ، މިއަދު ކުޅުނު މެޗްގެ ނަތީޖާއަކީ ވަރަށް ދަށް ނަތީޖާއެއްކަމަށް ގަބޫލުކުރާކަމަށާއި، ދިވެހި ފުޓްބޯޅަ އާއިލާގެ ކިބައިން މައާފަށް އެދޭކަމަށެވެ. ދިވެހި ފުޓްބޯޅައިގެ ހާލަތު އުނދަގޫ ދުވަސްވަރެއްގައި ކޯޗެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކަކީ ލިބުނު ވަރަށްބޮޑު ޝަރަފަކާ އުފަލެއްކަމަށްވެސް ކޯޗް ވަނީ ފާހަގަކޮށްފައެވެ.

ޤައުމީޓީމުގެ ކޯޗްކަމުގެ މަގާމާ ސުޒޭން ހަވާލުވީ ކުރިން އެމަޤާމުގައި ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ. ސުޒެއިން މިއަދު އިސްތިއުފާދިންކަން އިއުލާނުކުރިއިރު، އެފްއޭއެމްގެ ނޯމަލައިޒް ކޮމިޓީން ވަނީ މީގެ ކުރިންވެސް ޤައުމީޓީމަށް ކޯޗަކު ހޯދަން އިއުލާނުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.