ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓޭ ވާދަކުރި މެޗުގެ ތެރެއިން...
ކުޅިވަރު
10 Jun 2025 | 14:59
ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވި ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވެއްޖެ

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގް ގުރޫޕް އޭގައި ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓޭ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ޓިމޯ ލެސްޓޭ އިން ކާމިޔާބުކޮށްފިއެވެ.

މި ނަތީޖާއާއެކު، ކޮލިފައިންގައި ކުޅުނު ދެމެޗުން ޓިމޯ ލެސްޓޭ ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. އަދި ރާއްޖެ ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުގައި ސިންގަޕޫރު އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ޓިމޯ ލެސްޓޭ އެންމެ ފަހުން ކުޅުނު މެޗުގައި ތަޖިކިސްތާން އަތުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި، ސީނިއާ ލެވަލްގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި، ރާއްޖޭން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައިވާއިރު، މިއީ، އެންމެ ފަހުން އިންޓަނޭޝަނަލް ފުޓްބޯޅައިގައި ޓިމޯ ލެސްޓޭ ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. އަދި އެ ޓީމު އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ، މިދިޔަ އޮކްޓޫބަރު މަހު ބްރުނާއީ އަތުންނެެވެ.

އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ރާއްޖެ ޓީމަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ 26 ވަނަ މިނިޓްގަ އެވެ. ހަމްޕު ހުސްކޮށްލާފައި ސެންޓޭ އަށް އޭރިއާތެރެއިން ދިން ބޯޅަ ފޮނުވާލުމުން، ޓިމޯ ލެސްޓޭ ކީޕަރު، ޖިއޮޖީނޯ ހޯސޭ ޑަ ސިލްވާ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ޓިމޯ ލެސްޓޭ އިން މެޗުގެ ލީޑުހޯދީ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޮއާއޯ ޑަ ސިލްވާ އެވެ. މިއީ އެޓީމުގެ ކެޕްޓަން ޕައޮލޯ ޑޮމިންގޭސް ފްރެއިޓާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޓިމޯ ލެސްޓޭ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޓިމޯ ލެސްޓޭ އިންނެވެ. އަދި މިހާފުގައި އެޓީމުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ރާއްޖެ ޓީމުގެ ކީޕަރު ހުސެއިން ދިފާއުކުރިއިރު، ޖޮއާއޯ ޑަ ސިލްވާ ފޮނުވާލި އެއްހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިހާފުގައި ރާއްޖެ ޓީމުން ނަތީޖާ އެއްވަރުކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހުމަދު ރިޒްވާން (ރިޒޭ) އަށެވެ. ނަމަވެސް ކައުންޓާ އެޓޭކެއްގައި ރިޒޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖައަކުން ޓިމޯ ލެސްޓޭ ކުރީގައި އޮވެގެންނެވެ.

ފީފާ ރޭންކިންގެ 197 ވަނައިގައި މިވަގުތު ޓިމޯ ލެސްޓޭ އޮތްއިރު، ދިވެހިރާއްޖެ މިވަގުތު އޮތީ 164 ވަނައިގައެވެ. އަދި މީގެ ކުރިން ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމު ވަނީ ޓިމޯ ލެސްޓޭ އާއި ދެކޮޅަށް ކުޅެފަ އެވެ.

އެގޮތުން، 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައި، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި، 3-2 ގެ ނަތީޖާއަކުން ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ. އަދި، މިދިޔަ އަހަރު 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި، ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.