އެފްއެޗްޓީއެސް އާއި އެމްބީއެސް ވާދަކުރި މެޗުގެ ތެރެއިން..
ކުޅިވަރު
16 May 2025 | 16:49
އެފްއެޗްޓީއެސް ކޮޅަށް 11 ލަނޑުޖަހައި، އެމްބީއެސް އިން މުބާރާތް ފެށީ އިތުބާރާއެކު

ރާއްޖޭގެ މަތީތައުލީމް ދާއިރާގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "11 ވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2025" ގެ އަންހެން ޑިވިޝަން ގުރޫޕް ސީގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ވާދަކުރި މެޗު ފަސޭހަކަމާއެކު 11-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްބީއެސް ކާމިޔާބުކޮށްފިއެވެ.

ހުޅުމާލޭސިޓީ ރެހެންދި ދެނަންބަރު ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އެމްބީއެސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްބީއެސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ފަސް ލަނޑު ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ.

އެގޮތުން މިމެޗުގައި އެމްބީއެސްގެ މަރިޔަމް މަލާކް ޝަކީބު އަދި ޝަމްމާ އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު ޖެހިއިރު، އެޓީމުގެ ސަނިއްޔާ އަބްދުއް ސަމަދު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ އެފްއެޗްޓީއެސްގެ ޚަދީޖާ ހަސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްބީއެސްގެ މަރިޔަމް މަލާކް ޝަކީބު އެވެ.

15 މެއި 2025 އިން 30 މެއި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 10 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އޭގައި ހަތަރު ޓީމު ހިމެނޭއިރު، އަނެއް ދެގުރޫޕްގައި ހިމެނެނީ ތިން ޓީމެވެ.

މީގެ އިތުރުން ގުރޫޕް އޭއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ތިން ޓީމާއި ގުރޫޕް ބީ އަދި ގުރޫޕް ސީއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް ކުއާޓާ ފައިނަލުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކުއާޓާގެ ފަހުޖާގަ ލިބޭނީ ގުރޫޕް ބީ އަދި ގުރޫޕް ސީގެ ތިންވަނައަށްދާ ދެޓީމުގެ މެދުގައި ޕްލޭއޮފް މެޗެއްކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ދިރާގު ހަމަޖައްސާފައިވާއިރު، ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި ބްރައުންޒް ޕާޓްނާރ އަކަށް އެލައިޑް އިންޝިއުރެންސް ހަމަޖައްސާފައިވާއިރު މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.