ކުޑަހުވަދޫ ޓީމު ކުޅުނު މެޗެއްގެ ތެރެއިން...
ކުޅިވަރު
04 May 2025 | 15:06
ބްރަދާސް އެކަޑަމީ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ބްރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށް އޮތް ބޮޑުއީދު ބަންދާއި ދިމާކޮށް ދ.ކުޑަހުވަދޫގައި ބާއްވާ "ބޮޑުއީދު ފުޓްސަލް ޗެލެންޖް 1446" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބްރަދާސް އެކަޑަމީގެ ޗެއާޕާސަން އިސްމާއިލް އާދިލް ވޮއިސް ސްޕޯޓްސްއަށް މައުލޫމާތުދިންގޮތުގައި ކުރިން އޮތީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 12:00 ގެ ނިޔަލަށް މުއްދަތު ހަމަވާގޮތަށެވެ. ނަމަވެސް ގިނަ ޓީމުތަކެއްގެ އެދުމުގެ މަތިން މިހާރު ވަނީ މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައެވެ.

އިތުރަށް ވާހަކަދައްކަމުން އާދިލް ބުނީ ބްރަދާސް އެކަޑަމީގެ ފަރާތުން މިފަދަ މުބާރާތެއް ބާއްވަން ނިންމީ އީދު ބަންދާއި ދިމާކޮށް ރަށުގެ ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރި މާހައުލެއްގައި އީދުގެ އުފާ ހާސިލްކުރުމުގެ މަގުސަދުގައެވެ.

ޗެންޕިއަން ޓީމަށް 25،000 އަދި ރަނަރަޕް ޓީމަށް 12،000 ރުފިޔާގެ ފައިސާގެ އިންމު ހުށަހަޅާފައިވާ މިމުބާރާތުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1500 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ބްރަދާސް އެކަޑަމީއަކީ ކުޑަހުވަދޫގައި ކުޅިވަރު ކުރިއެރުވުމަށް މިހާރު ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ވަރަށް ހިންގުންތެރި އެކަޑަމީއެކެވެ. އެގޮތުން މިހާރު ވެސް އެއެކަޑަމީގެ ފަރާތުން އަންނަނީ ކުޑަހުވަދޫގައި ފުޓްބޯޅަ އަދި ފުޓްސަލްގެ އިތުރުން އަންހެން ހޭންޑްބޯޅަ ވައިޑީޕީ ޕްރޮގްރާމް ހިންގަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.