24 Nov 2022
ފިރުޝާން ޔައުގޫބަށް: މިދިޔަ 5 އަހަރާއި މި 4 އަހަރުގެ ވަގުންވެސް ނުހިފުނު
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު، މަޖިލިސް މެންބަރު ކަމަށް ކުރިމަތި ލައްވަމުން ވަގުން ހިފާނެ ކަމަށް ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުގެ 5 އަހަރުގަޔާއި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުގެ 4 އަހަރުގައި ވައްކަން ކުރި ވަގުން އަދިވެސް ނުހިފޭ ކަމަށް ބުނެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ޔައުގޫބަށް ފާޑުވިދާޅުވެއްޖެއެވެ.