ފުލުހުންގެ ބެލުމުގެ ދަށުގއި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދު/ ފޮޓޯ: ޕީއެސްއެމް
ހަބަރު
22 May 2023 | 13:05
އަބްދުالله ރަޝީދުގެ މަރުގެ ހާދިސާގައި ފުލުހުންގެ އިހުމާލެއް ނެތް: އިމްރާނު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުالله ރަޝީދު (މާޓީ) ގެ މަރުގެ މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތްކަން އަބްދުالله ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓުންނާއި، މައްސަލައާއި ގުޅިގެން ފުލުހުން ކުރި ތަހުގީގުން ހާމަވެފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުالله ވިދާޅުވެއްޖެ އެވެ.  

ހޯމް މިނިސްޓަރު މިފަދައިން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރާއި ސުވާލުކުރުމަށް މެމްބަރުންނަށް ލިބުނު ފުރުސަތުގައި މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

ފިރުޝާން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުالله ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިހާތަނަށް ފުލުހުންގެ ފަރާތުން އާއިލާއަށް އެންމެ ފޯނުކޯލެއް ވެސް ކޮށްފައި ނުވާކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރާނެކަމަށް ފުލުހުން ބުނެފައިވާއިރު، މިހާރު އެ މައްސަލަ އޮތީ ކިހާ ހިސާބެއްގައިތޯ ފިރުޝާނު ވަނީ އައްސަވާފަ އެވެ. 

މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން 

"މިއަދަކީ 22 މޭ 2023، މި އަންނަ ބުރާސްފަތި ދުވަހަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި އަބްދުالله ރަޝީދުގެ މަރަށް 7 މަސް ފުރޭ ދުވަސް. ކޮންކަމެއް ތޯ ކުރެވުނީ އެ މައްސަލައިގަ؟ ވަޒީރު ވިދާޅުވެދެއްވާ ކޮން ކަމެއްތޯ ކުރެވުނީ. ޕޯސްޓްމޯޓަމް ހެދިފަހުން އެންމެ ފޯނުކޯލެއް ވެސް އާއިލާއަށް ގޮއްސައެއް ނުވޭ. ޕޯސްޓްމޯޓަމް ހެދިފަހުން ތިބޭފުޅުންގެ އެއްވެސް ޚަބަރެއް ނުވޭ. ފުލުހުންގެ ތަހުގީގަށް ވީ ގޮތެއް ނޭނގޭ."

މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން 

ފިރުޝާނުގެ ސުވާލަށް ޖަވާބުދެއްވަން ފައްޓަވަމުން މިނިސްޓަރު ވިދާޅުވީ އަބްދުالله ރަޝީދުގެ ޕޯސްޓުމޯޓަމް ހެދީ އެ މައްސަލަ ތަހުގީގުކުރުމުގެ ބޭނުމުގައި ކަމަށެވެ. އެންމެ ބޮޑަށް ޔަގީންކުރަން ބޭނުންވީ އަބްދުالله ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްކަން ނުވަތަ ނެތްކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުނީ. އަޅުގަނޑު ހިތުން އެކަމުގައި ޔަގީންކުރަން ބޭނުންވީ ފުލުހުންގެ ސީދާ އަމަލެއް އޮވެގެން ތޯ ނޫނީ ފުލުހުން އެކަމުގައި އިހުމާލެއް އޮވެގެން ތޯ އަބްދުالله ރަޝީދު މަރުވުމަށް މެދުވެރިވީ"

މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން 

އެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ބެލުމުގައި ހުއްޓާ އަބްދުالله ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުންކަން ސާބިތުވާނެ އެއްވެސް ހެއްކެއް އެ ތަހުގީގުން ފެންނަން ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްކަމަށް ކުރެވެނީ ހަމައެކަނި ތުހުމަތުތަކެއް ކަމަށެވެ. އެހެން ނަމަވެސް އެއީ އެކަން ސާބިތުވާނެ އެއްވެސް ކަމެއް ފުލުހުންގެ ތަހުގީގުން ފެންނަން ނެތް ކަމަށާއި، ދެން އިތުރަށް އެ މައްސަލައިގައި ކުރެވޭނެ ކަމެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ހޯމް މިނިސްޓަރު އިމްރާނު އަބްދުالله 

"ފުލުހުންގެ ސީދާ އަނިޔާއެއް އޮވެގެންތޯ ނުވަތަ ގަސްދުގައި އިހުމާލެއް އޮވެގެން އޭނަ (އަބްދުالله ރަޝީދު) މަރުވުމަށް ދިމާވިކަމަށް ސާބިތުވާނެ އެއްވެސް ހެއްކެއް އަޅުގަނޑުމެންނަށް ލިބޭކަށް ނެތް. ތުހުމަތެއް ކުރެވެމުން ނުވަތަ ވާހަކައެއް ދެކެވެމުން އެއީ އެކަމަކަށް އަޅުގަނޑަށް އިތުރަކަށް ކުރެވޭނެ ކަމެއް އޮންނާނެ ކަމެއް ނޫން" 

ހޯމް މިނިސްޓަރު އިމްރާނު އަބްދުالله 

ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ސީޒަރގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައިކަމަށް ފުލުހުންވަނީ ހާމަކޮށްފަ އެވެ.

އެކަމާއި ގުޅޭގޮތުން އާއިލާއިން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ 43 އަހަރުގެ އަބްދުالله ރަޝިދު ނިޔާވެފައިވަނީ 2 ގަޑިއިރެއްހާއިރު ފަރުވާއެއް އެދި އާދޭސްކުރުމަށްފަހު ކަމަށެވެ.

އާއިލާއިން ބުނިގޮތުގައި އަބްދުالله އަށް ސިއްހީ ފަރުވާދިނުމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި މަޑަވެލީ ކައުންސިލްގެ ނައިބު ރައީސް ވެސް ފުލުހުންނަށް ދަންނަވަމުން ދިޔައެވެ.

އޭނާ ހޮސްޕިޓަލަށް ނުގެންދެވޭނަމަ އެތަނަށް ޑޮކަޓަރެއް ގެނެވިދާނެކަމަށް ބުނެފައިވާކަމަށް ވެސް އާއިލާއިން މީޑިއާތަކަށް މައުލޫމާތުދެމުން ކިޔައިދީފައިވެއެވެ. އެހެން ނަމަވެސް އޭނާއަށް ސިއްހީ ފަރުވާ ދިނުުގެ ފުރުސަތު ފުލުހުން ދީފައެއް ނުވެއެވެ. 

މަރުހޫމު އަބްދުالله ރަޝީދުގެ މަންމަ 

އަބްދުالله ރަޝީދުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ އާއިލާގެ ނުރުހުމުގައި ކޯޓު އަމުރެއް ހޯދައިގެންނެވެ.

އެހެން ނަމަވެސް އެފަހުން އެ ތަހުގީގާއި ގުޅޭ އެއްވެސް މައުލޫމާތެއް އާއިލާއަށް ދީފައި ނުވާކަމަށް އަދި އަބްދުالله ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ބޮޑު އިހުމާލެއް އޮތްކަމަށް ތުހުމަތުކުރައްވަމުން ގެންދަވާ، މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާނު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.