މެމްބަރު ފިރުޝާނު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
12 Apr 2023 | 15:07
ހަމައަގު ހޯދައިދޭން ވައުދުވިޔަސް މަހުގެ އަގު އެންމެ ދަށީ މި ސަރުކާރުގައި: ފިރުޝާން

މަހަށް ހަމަ އަގު ހޯދައިދޭނެކަމަށް ވަޢުދުވި ނަމަވެސް މަހުގެ އަގު އެންމެ ދަށީ އެމްޑީޕީގެ މި ވެރިކަމުގައި ކަމަށް މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާނު ވިދާޅުވެއްޖެ އެވެ. 

މެންބަރު ފިރުޝާން މިފަދައިން ވިދާޅުވީ އެމްޑީޕީ ވެރިކަމެއް އޮވެމެ، އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި އޭނާ ހުށަހެޅުއްވި ގަރާރުގައެވެ.

ފިރުޝާނުގެ ވާހަކައިގައި ވަނީ އެކި ސަރުކާރުތަކުން މަސްވެރިންގެ އަތުން މަސް ގަނެފައިވާ އަގުތަކަށް އަލިއަޅުވާލައްވާފަ އެވެ. 

2007 ގައި ރައީސް މައުމޫނުގެ ވެރިކަމުގައި މަސްކިލޯއެއް ގަނެފައިވަނީ 5 ރުފިޔާ ލާރިކޮޅަކަށް، 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މަސް ކިލޯއެއް ގަނެފައިވަނީ 28 ރުފިޔާއާއި 35 ރުފިޔާއާއި ދެމެދުގެ އަގެއްގައި... 2012 ވަނަ އަހަރު ރައީސް ވަހީދުގެ ވެރިކަމުގައި މަސް ކިލޯއެއް ހުރީ 22 ރުފިޔާގައި... 2013 ގައި ރައީސް ޔާމިނުގެ ވެރިކަމުގައި މަސް ކިލޯއެއް ހުރީ 20 ރުފިޔާއަށް... 2018 ގައި އައި މި ސަރުކާރުގައި މަސްކިލޯއެއް ހުރީ 17 ރުފިޔާއަށް 

މެންބަރު ހުސެއިން ފިރުޝާނު

އެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރައީސް މައުމޫނުގެ ދައުރަށްފަހު އައި ހުރިހާ ސަރުކާރުތަކަށްވުރެ މި ސަރުކާރުން މަސް ކިލޯއެއް ގަންނަ އަގު ދަށް ކަމަށެވެ. 

އެމްޑީޕީ ވެރިކަމަށް އައުމަށް 2018 ވަނަ އަހަރު އެކުލަވާލި މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްސަ ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ލިޔެފައިވާކަމަށާއި، އެހެން ނަމަވެސް ދައުރު ނިމެން ބާކީ ހައެއްކަ މަހަށް ވެފައިވާއިރު، މަސްވެރިންނަށް ވީ ވައުދުތައް ފުއްދާދެވިފައި ނުވާކަމަށް ފިރުޝާނު ވިދާޅުވި އެވެ. 

ފިރުޝާނު ވިދާޅުވީ މަސްވެރިންނަށް ވީ ވައުދުތަކަކީ ރައީސް އޮފީހުގެ ވެބްސައިޓުގަޔާއި، ސަރުކާރުގެ ސްޓްރެޖީޓިކް އެކްޝަން ޕްލޭންގައިވެސް ހިމަނާފައިވާކަމަށެވެ.

އޭގެ އިތުރުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދުނުމާއި، ވައުދުތައް ފުއްދުމަށް 2019 ވަނަ އަހަރު މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ ގާނޫނުގައިވެސް މުހިންމު ކަންތައްތަކެއް ހިމަނާފައިވާނެކަމަށް ފިރުޝާނު ވިދާޅުވި އެވެ. 

ފިރުޝާނު ވިދާޅުވީ މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމަށް ފުރުސަތުތަކެއް ސަރުކާރަށް ލިބިގެން ދިޔަ ނަމަވެސް އެ ވައުދުތައް ފުއްދުމުގެ ބަދަލުގައި ރައީސް ޞާލިހު މަސްވެރިންގެ މަތިން ހަނދާން ނައްތާލާފައިވާ ކަމަށެވެ. 

އޭގެ އިތުރުން މި ވެރިކަމަކީ މަސްވެރިން ނިކަމެތިކޮށް އެ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ވެރިކަމެއްކަމަށް ފިރުޝާނު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އަހުމަދު
މަޑަވެލި ދާއިރާ މީހުން ހޮވާފަހުރި ބުރާންޗެއް ް
12 Apr 2023
ގުޅޭ ލިޔުންތައް
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.