19 Oct 2022
"މީޑީއާނެޓުން ގެސްޓު ހައުސް ރޫމުތަކުން 25 ޑޮލަރު ނަގަންފަށާނެ"
ކޭބަލް ޓީވީގެ ޚިދުމަތް މޮނޮޕޮލައިޒް ކުރުމުގެ ފުރުސަތު މިހާރު އެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުން ގެންދާ މީޑިއާނެޓަކަށް ދީފިކަމަށް ވާނަމަ، ރަށްރަށުގެ ގެސްޓު ހައުސްތަކުގައި ހުރި ކޮންމެ ކޮޓަރިއަކުން އެ ޚިދުމަތަށް 25 ޑޮލަރު ނަގަން ފަށާނެކަމަށް މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.