އާބަންކޯގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު. ފޮޓޯ: ޕީއެންސީ
ހަބަރު
28 Nov 2023 | 16:40
އާބަންކޯގެ އެމްޑީ އަކަށް ފަޒުލް ރަޝީދު!

އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސަވައިފިއެވެ.

ފަޒުލް ރަޝީދަކީ ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާ މެމްބަރެވެ. އަދި ފަޒުލް އަކީ ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރުވެސް މެއެވެ.

ފަޒުލް ވަނީ އެމްޑަބްލިޔުއެސްސީގެ އެމްޑީ ކަން 2015 ވަނަ އަހަރުން 2018 ވަނަ އަހަރާއި ހަމައަށް ކުރައްވައިފައެވެ.

އާބަންކޯގެ އެމްޑީއަކަށް ފަޒުލް ހަމަޖެއްސެވިއިރު ސްޓެލްކޯގެ އެމްޑީ އަކަށް ހަމަޖައްސަވައިފައިވަނީ ހުސެއިން ފަހުމީއެވެ. އާސަންދަ ކުންފުނީގެ އެމްޑީއަކަށް ހަމަޖައްސަވައިފައިވަނީ އެންމެ ފުަރަތަމަ އެކުންފުނީގެ މުވައްޒަފެއެްގެ ގޮތުގައި ހަމަޖެއްސި އައިމިނަތު ޒީނިޔާއެވެ.

މީގެ އިތުރުން އާރްއޭސީއެލްގެ އެމްޑީ އަކަށް އަހްމަދު މުބީނެވެ. ފެނަކައިގެ އެމްޑީއަކަށް ހަމަޖައްސަވައިފައިވަނީ މުޢާޒް މުޙައްމަދު ރަޝީދެވެ. އަދި މޯލްޑިވްސް ގޭސް ގެ އެމްޑީ އަކަށް ހަމަޖައްސަވައިފައިވަނީ ޢަބްދުالله މުޙައްމަދެވެ.

މީގެ އިތުރުންވެސް ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ މެނޭޖިންގް ޑިރެކްޓަރުންގެ މަޤާމަށް އައު ބޭފުޅުން ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
08 Jul 2026
ފްރާންސާ މޮރޮކޯ މެޗް އިންސާފްކުރާނީ އާޖެންޓީނާގެ ރެފްރީން
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދަނޑުމަތީ ހުރިހާ އޮފިޝަލުން އާޖެންޓީނާއިން ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުން ވަނީ ފީފާއަށް ފާޑުކިޔާފައެވެ
08 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނު، ފޮރިން މިނިސްޓްރީން ސަބަބު ބުނެދީފި
އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޚާރިޖީ ވަޒީރުގެ ތައުޒިޔާގެ މެސެޖެއް އިރާން ގެ ހާރިޖީ ވަޒީރަށް ފޮނުވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
08 Jul 2026
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ މައްސަލަތަކެއް
އާޖެންޓީނާގެ އެފްއޭއިން މަނީ ލޯންޑަރ ކުރުމުގެ އަމަލުތަކެއް ހިންގާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ވަރލްޑްކަޕަށް ތައްޔާރުވަމުންދިޔައިރު، ޓާޕިއާގެ މައްޗަށް އެކިއެކި ކަންކަމުގައި ވަނީ ތުހުމަތުތައް ކުރެވިފައެވެ
08 Jul 2026
އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ދެފަރާތުން އެއްބަސްވުން
އެލައިޑް އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާއި، އިލްމީ ދިރާސާތައް ހިއްސާކުރުމުގެ އިތުރުން، އެކައުންޓިންގ ދާއިރާގައި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާއި މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން ކަމަށެވެ.
08 Jul 2026
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ޝިޕެއް ތުރުކީގައި ބަނދަރުކުރުން މަނާކޮށްފި
ޖުލައި މަހުގެ 5 އިން 15 އަށް ކުރިއަށްގެންދާ މި ދަތުރަކީ ގްރީސްގެ އެތެންސުން ފުރައިގެން ގްރީސްގެ ރަށްތަކަށާއި ޑަލްމޭޝިއަން ކޯސްޓަށް ދަތުރުކުރުމަށް ރޭވިފައި އޮތް ދަތުރެކެވެ. މި ދަތުރުގެ ތެރެއިން ތުރުކީގެ ކުޝަދާސީ ބަނދަރަށާއި އިސްތަންބޫލްގައި ދެ ދުވަހު މަޑުކުރުމަށް ފަހު، ދަތުރު ނިންމާލުމަށް ހަމަޖެހިފައި އޮތީ އިޓަލީގެ ޓްރިއެސްޓޭ އަށެވެ.
08 Jul 2026
ވޯލްޑް ކަޕަށް ބޮޑު ހޭދައެެއް؛ ކޮންމެ ޓީމަކަށް ލިބޭނީ ކިހާވަރެއް؟
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިނާމު ފައިސާ އިތުރުކުރުމަށް ފީފާއިން ނިންމާފައިވާއިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ މެދުގައި 871 މިލިއަން ޑޮލަރު ބަހާލެވޭނެއެވެ. އަޅާކިޔުމެއްގެ ގޮތުން ބަލާއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޖުމްލަ އިނާމު ފައިސާގެ އަދަދަކީ 440 މިލިއަން ޑޮލަރެވެ.
08 Jul 2026
ކެންސަރުގެ ފަރުވާއަށާ ޓެސްޓްތައް ހެދުމަށް ބޭރަށްދާ މީހުން 2000އިން މަތީގައި
ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން އަހަރުން އަހަރަށް އިތުރު ވަމުންދާކަމަށާ މިދިޔަ އަހަރު އެކަނިވެސް ކެންސަރަށް ފަރުވާ ހޯދައި، ބައްޔާ ގުޅޭ ޓެސްޓްތައް ހެދުމަށް 2000 އަށްވުރެ ގިނަ މީހުން ބޭރަށް ދިޔަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.