ޕީޕީއެމް ޖަގަހަ ޖަލްސާގައި ފަޒުލް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Feb 2023 | 15:05
ދިވެހިން ޓެކްސް ދައްކާއިރު، އިންޑިއާއަށް ޓެކްސް މާފުކޮށްދިނުމަކީ ރައްޔިތުން ދެވަނަ ދަރަޖައަށް ވައްޓާލުން: ފަޒުލް

މި ސަރުކާރުން ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހަދާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ. 

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ސަރުކާރަށް އާމްދަނީ އިތުރުކުރުމަށް ރައްޔިތުން އަތުން ނަގާ ޓެކްސް 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު، އިންޑިއާގެ ކުންފުނިތަކުން ދައްކަން ޖެހޭ ޓެކްސް މާފުކޮށްދީފައިވާކަމަށެވެ. 

އެފަދައިން އެކަން ކުރުމަކީ އަމިއްލަ ފަސްގަނޑުގައި ދިވެހިންނަކީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި ހެދުންކަމަށް ފަޟުލް ވިދާޅުވި އެވެ. 

"ދިވެހިރާއްޖޭގެ މެދުފަންތީގެ ކިތައް ކުންފުނިތޯ މިއަދު ވުޖޫދުގައި އޮތީ؟ ޕްރޮޖެކްޓެއް ދިނަސް އިންޑިއާގެ ކުންފުންޏަށް.. އަޅުގަނޑުމެން މި ޖެހެނީ 8 ޕަސެންޓު ޖީއެސްޓީ ދައްކަން، ޓެކްސް ދައްކަން އަދި އިންކަމް ޓެކްސް ދައްކަން. މީގެ އިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސްވެސް އަޅުގަނޑުމެން ދިވެހިން އެބަ ދައްކަން ޖެހޭ. އެކަމަކު އިންޑިއާގެ ކުންފުންޏަށް ހުރިހާކަމެއް ފްރީ. ހުރިހާ ކަމެއް ފްރީ.. ޓެކްސްވެސް ދައްކާނެ ކަމެއް ނެތް، ޖީއެސްޓީއެއްވެސް ދައްކާނެކަމެއް ނެތް، ބިޒްނަސް ޕްރޮފިޓް ޓެކްސްއެއްވެސް ދައްކާނެކަމެއް ނެތް، މިހެންވީމަ މި ބުނަނީ ދިވެހިން ދެވަނަ ދަރަޖައިގައި މި ސަރުކާރުން ރަމްޒުކޮށްދީފިއޭ"

މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު

ރައްޔިތުން އަތުން ނަގާ ޓެކްސް ސަރުކާރުން ބޮޑުކުރަން ނިންމީ މިހާލަތުގައި އެކަން ނުކުރުމަށް މަރުކަޒީ ބޭންކުން ސަރުކާރަށް ދިން ލަފައާއި ޚިލާފަށެވެ. 

ސަރުކާރުން ބުނީ އާންދަނީ ހޯދުމަށް ޓެކްސް ބޮޑުކުރުން ނޫން ގޮތެއް ނެތްކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް އިންވެސްޓުކުރާ އިންޑިއާގެ ފަސް ކުންފުންޏަކަށް ސަރުކާރުން ވަނީ އިންކަމް ޓެކްސް މާފުކޮށްދީފަ އެވެ. އިންޑިއާގެ ކުންފުނިތަކަށް ޓެކްސް މާފުކޮށްދީފައިވާއިރު އެ ފަރާތްތައް ދައުލަތަށް ޓެކުހުގެ ގޮތުގައި އެކު ޖުމްލަ 13 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.