މެމްބަރު ފަޒުލް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
19 Oct 2022 | 11:36
މޮނޮޕިލައިޒް ކުރުމުގެ ފުރުސަތު ދީފި ނަމަ މީޑިއާނެޓުން ކޮންމެ ގެސްޓު ހައުސް ރޫމަކުން 25 ޑޮލަރު ނަގަން ފަށާނެ: ފަޒުލް

ކޭބަލް ޓީވީގެ ޚިދުމަތް މޮނޮޕޮލައިޒް ކުރުމުގެ ފުރުސަތު މިހާރު އެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުން ގެންދާ މީޑިއާނެޓަކަށް ދީފިކަމަށް ވާނަމަ، ރަށްރަށުގެ ގެސްޓު ހައުސްތަކުގައި ހުރި ކޮންމެ ކޮޓަރިއަކުން އެ ޚިދުމަތަށް 25 ޑޮލަރު ނަގަން ފަށާނެކަމަށް މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. 

ފަޒުލް މިފަދައިން ވިދާޅުވެފައިވަނީ ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލާފައިވާ ގަވައިދު ބާތިލްކުރުމަށް ގޮވާލާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ހުށައެޅުއްވި ގަރާރަށް ވާހަކަދައްކަވަމުންނެވެ. 

ފަޒުލްގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަންގެ ގަވައިދަކުން ކުރަން އުޅޭ ކަމަކީ، މޮނޮޕޮލީއެއް އުފެއްދުމުގެ މަސައްކަތްކަމަށެވެ. އަދި އެއީ މިހާރު އެ ޚިދުމަތް ދެމުންދާ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަން ނައްތާލާ، މުޅި އެ ޚިދުމަތް ދިނުން އެއްބައެއްގެ ބާރުގެ ދަށަށް ގެންދިއުމަށް ހީލަތްތެރިކަމާއެކު ކުރެވެމުންދާ މަސައްކަތްތަކެއްކަމަށެވެ. 

ކޭބަލްޓީވީ ޚިދުމަތް މޮނޮޕޮލައިޒް ކުރުމުގެ ފުރުސަތު ދީފިކަމަށް ވާނަމަ، މީޑިއާ ނެޓުން އެކަމުގެ މަންފާ ނަގާ، އެއީ ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭ ވިޔަފާރިއަކަށް ހަދާނެކަމަށް ފަޒުލް ވިދާޅުވިއެވެ. 

"މި ޚިދުމަތް އަނެއްކާ މޮނޮޕޮލީއަށް އައިސްފިކަމަށް ވާނަމަ، ތިބޭފުޅުންގެ ކޮންމެ ރޫމަކުން އަދި މާފުށީގެ ކޮންމެ ގެސްޓު ހައުސްއެއްގެ ރޫމަކުން 25 ޑޮލަރު 30 ޑޮލަރު މިބޭފުޅުން ނަންގަވާނެ މީޑިއާނެޓުގެ ޚިދުމަތް ދެނީއޭ ކިޔާފަ. މިއީ ބޮޑު ޖަރީމާއެއް ހިންގާ، މޮނޮޕޮލީ އަނބުރާ އިޔާދަކުރުމަށްޓަކައި ކުރެވޭ ކަމެއް. ރިސޯޓުތަކުގެ ކޮންމެ ރޫމަކުން 250 ޑޮލަރު 300 ޑޮލަރު ނަގާނެ"

ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު

ފަޒުލް ވިދާޅުވީ، ހުރިހާ ގޭބީސީތަކަށް ކޭބަލް ޓީވީ ޚިދުމަތް ދިނުމުގެ ބާރު އެއްބައެއްގެ އަތްމައްޗަށް ދޫކޮށް، މުޅި ޚިދުމަތުގެ ކޮންޓްރޯލު އެއްބަޔަކު ނަގާ ގޮތަށް އުސޫލު ހެދުމަށްވުރެ ރައްޔިތުންނަށް ފައިދާ ވާނީ، ވީހާވެސް ގިނަ ބަޔަކަށް މި ޚިދުމަތް ދިނުމުގެ ފުރުސަތު ހުުޅުވާލެވިގެންކަމަށެވެ. 

މި ސަރުކާރުން މި އުސޫލު ދަމަހައްޓާ މީޑިއާނެޓަށް މޮނޮޕޮލީ ހިބޭގޮތަށް ހެދިކަމުގައި ވީނަމަވެސް، މި ސަރުކާރު ބަދަލުވުމާއެކު، އެކަންކަން ބަދަލުކުރާނެކަމަށް ފަޒުލްގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ހަނދު
ގެސްޓް ހައުސް ތަކުން މިހާރުވެސް ރޫމަކުން މަހަކު 25 ޑޮލަރ ނަގާ....
19 Oct 2022
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.