14 Nov 2022
ވޯލްޑް ކަޕްގެ މެޗުތައް ބޮޑު ސްކްރީން ގައި ދެއްކުން މީޑިއާ ނެޓުން މަނާކޮށްފި!
މި އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފީފާ ވޯލްޑް ކަޕް 2022" ގެ މެޗުތައް ބޮޑު ސްކްރީނުގައި ދެއްކުން މީޑިއާ ނެޓުން މަނާކޮށްފިއެވެ.
ރާއްޖޭގައި ފޯރިއާއެކު ގިނަ ބަޔަކު ބޮޑު ސްރީންގައި ބަލަމުން އަންނަ ކުޅިވަރުގެ މި ބޮޑު ހަރަކާތް ބޮޑު ސްރީންގައި ރާއްޖޭގައި ބެލުން ހުއްޓުވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.
މޑީއާނެޓުން އަންނަނީ ބޮޑު ސްރީން ބަހައްޓަން މަސައްކަތް ކުރާ ފަރާތްތަކަށް އިންޒާރުގެ ސިޓީ ފޮނުވަމުންނެވެ. އެގޮތުން އެފަދަ ސިޓީއެއްގެ ކޮޕީ ވަނީ ވޮއިސް އަށް ލިބިފައެވެ.