ހިޔާ ފްލެޓް ސަރަހައްދުގައި އެޗްޑީސީން ބެހެއްޓި ސްކްރީން- ފޮޓޯ: އެޗްޑީސީ
ހަބަރު
14 Nov 2022 | 14:12
މީޑީއާނެޓްގެ އިންޒާރު ދިވެހިންނަށް: ވޯލްޑް ކަޕްގެ މެޗުތައް ބޮޑު ސްކްރީންގައި ދައްކާނަމަ ފިޔަވަޅު އަޅާނަން

މި އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފީފާ ވޯލްޑް ކަޕް 2022" ގެ މެޗުތައް ބޮޑު ސްކްރީނުގައި ދެއްކުން މީޑިއާ ނެޓުން މަނާކޮށްފިއެވެ. 

ރާއްޖޭގައި ފޯރިއާއެކު ގިނަ ބަޔަކު ބޮޑު ސްރީންގައި ބަލަމުން އަންނަ ކުޅިވަރުގެ މި ބޮޑު ހަރަކާތް ބޮޑު ސްރީންގައި ރާއްޖޭގައި ބެލުން ހުއްޓުވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.

މޑީއާނެޓުން އަންނަނީ ބޮޑު ސްރީން ބަހައްޓަން މަސައްކަތް ކުރާ ފަރާތްތަކަށް އިންޒާރުގެ ސިޓީ ފޮނުވަމުންނެވެ. އެގޮތުން އެފަދަ ސިޓީއެއްގެ ކޮޕީ ވަނީ ވޮއިސް އަށް ލިބިފައެވެ.

މީޑީއާނެޓުން ފޮނުވާފައިވާ އިންޒާރުގެ ސިޓީގައި ޕީޕާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖޭގެ ސަރަހައްދުގައި ދެއްކުމަށް ބޭނުންވާ "މީޑިއާ ރައިޓްސް ލައިސެންސް" ފީފާގެ ފަރާތުން ލިބިފައިވަނީ މީޑިއާ ނެޓަށް ކަމަށެވެ. އަދި ފީފާގެ ހުއްދަ އާއި އެކު މީޑިއާނެޓުން ފީފާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖޭގެ ސަރަހައްދުގައި ދެއްކުމުގެ ސަބްލައިސެންސް ދީފައިވަނީ ރާއްޖެ ޓީވީ އާއި، ޕީއެސްއެމް އާއި އައިސް ޓީވީއަށް ކަމަށް ބުނެފައިވެއެވެ. 

އަދި ސިޓީ ހޯޓާ، ރެސްޓޯރަންޓު ފަދަ ވިޔަފާރިތަކުން މުބާރާތުގެ މެޗުތައް ދެއްކުމަށް ބޭނުންވާ ކޮމާޝަލް ހުއްދަ އެކަމަށް އެދޭ ފަރާތްތަކަށް މީޑިއާނެޓުގް ފަރާތުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ލިޔުމުގައި ވެއެވެ. 

އެހެންނަމަވެސް، ސްޓްރީމިންގ ނުވަތަ ފްރީ-ޓު-އެއާރގެ ގޮތުގައި ފީފާ ވޯލްޑް ކަޕްގެ އެއްވެސްް މެޗެއް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަކީ ސަބްލައިސެންސް ދީފައިވާ ފަރާތްތަކަށްވެސް ހުއްދަ ކަމެއް ނޫން ކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ. 

މީޑިއާނެޓްގެ އެންގުން

"އަދި މުބާރާތުގެ އެއްވެސް މެޗެއް ސޯޝަލްމީޑިއާގެ އެއްވެސް ވަސީލަތަކުން ނުވަތަ އިންޓަނެޓް ގެ ޒަރީޢާއިން ބޭނުންކުރެވޭ އެއްވެސް ވަސީލަތަކުން ވަގުތުން ދެއްކުމަކީވެސް މަނާކަމެކެވެ. އަދި ސަބްލައިސެންސް ދައްކާފައިވާ ފަރާތްތަކުގެ ފީޑް ބޭނުން ކޮށްގެން ޕަބްލިކް ސްކްރީނެއްގައި ޢާއްމުންނަށް ހުޅުވާލައިގެން ފީފާ ވޯލްޑް ކަޕް ގެ މެޗުތައް މީޑިއާނެޓްގެ ހުއްދަނެތި ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަކީ ވެސް މަނާކަމެކެވެ." މީޑިއާނެޓުން ނެރެފައިވާ ލިޔުމުގައި ވެއެވެ. 

ވުމާއެކު މީޑިއާނެޓް ގެ ހުއްދަނެތި އެއްވެސް މީޑިއަމެއް ބޭނުން ކޮށްގެން ފީފާ ވޯލްޑް ކަޕްގެ މެޗުތައް ލައިވް ކުރުމަކީ މަނާ ކަމެއް ކަމަށާ، އަދި އެއީ ފީފާގެ ގަވާއިދުތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާ ތަކާއި ޚިލާފް ކަމަކަށް ވުމުގެ އިތުރުން އެއީ ރާއްޖޭގެ ގާނޫނު ތަކާއިވެސް ޚިލާފް ކަމެއް ކަމަށް މީޑިއާނެޓުން ހާމަކޮށްފައިވެއެވެ. 

އަދި އެފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެފަރާތްތަކާއި މެދު ގާނޫނާއި އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް މީޑީއާނެޓުން އިންޒާރު ދީފައިވެއެވެ. 

މިފަދައިން މީޑީއާނެޓުން އިންޒާރު ދީފައިވީނަމަވެސް، ރާއްޖޭގައި ގިނަ ސަރަހައްދު ތަކެއްގައި އަންނަނީ ބޮޑު ސްރީން ބަހައްޓައި ވޯލްޑްކަޕްގެ 

ޤަތަރ ވޯލްޑްކަޕް 2022 ބޯމަތިވެފައިވަނިކޮށް މިދިޔަ ސެޕްޓެންބަރ މަހު 19 ވަނަ ދުވަހު, ބްރޯޑްކާސްޓަރުންނާއި, ރީ ބްރޯޑްކާސްޓަރުންގެ ބެލެނިވެރި މުއައްސަސާ, ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޤަވައިދަށް ކުއްލި ބަދަލެއް ގެނެސް ވޯލްޑްކަޕް ދިވެހިންނަށް "ހިލޭ" ބެލޭނެ މަގު ބަންދުކޮށްލާފައެވެ.

ސެޕްޓެންބަރު މަހު 19 ވަނަ ދުވަހު ކޮމިޝަނުން ބްރޯޑްކާސްޓިން އައު ގަވައިދުގެ ދަށުން ލިސްޓުކޮށްފައިވާ ލިސްޓުގައި އޮތީ ވޯލްޑް ކަޕް މުބާރާތް ފަށާ މެޗާއި ފައިނަލް މެޗު އެކަންޏެވެ. މިފައިން ގަވައިދު އެކުލަވާލާފައި ވީނަމަވެސް ގަވައިދުގައި އޮންނަ ގޮތުން ފެށުމަށް 12 މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް އިވެންޓެއް ލިސްޓެޑް އިވެންޓްގައި ހިމަނައިގެން ނުވާނެ ކަމަށެވެ. އެހެންވެ ލިސްޓެޑް އިވެންޓް ކަނޑައެޅި ގޮތް ވެސް މިވަނި ގަވައިދާ ހިލާފުވެފައެވެ.

ގަވައިދަށް މިހާރު ގެނައި ބަދަލާ އެކު ޕީއެސްއެމް އަށް ވޯލްޑް ކަޕް ރައިޓްސް ހިލޭ ލިބުމުގެ ފުރުސަތެއް ނެތެވެ. ކުރިން އޮތް ގޮތަށް ގަވައިދު އޮތް ނަމަ، ޕީއެސްއެމަށް އޭގެ ރައިޓްސް ހިލޭ ދޭން މީޑިއާ ނެޓަށް މަޖުބޫރުވާނެ އެވެ.

އެހެންކަމުން މިފަހަރުގެ ވޯލްޑްކަޕް ބެލުމަށް މީޑީއާނެޓުގެ ޕެކޭޖު ނެގުމަށް މިވަނީ މަޖުބޫކުރުވެފައެވެ.

ކޮމެންޓް
އަޙްމަދު
މީޑިޔާ ނެޓުން މަގުމަތީގަ ބަހައްޓާފަ ހުރި ކޭބަލް ފޮށި ތައް މަގުމަތިން ނެންގެވުން އަވަސްކޮލާ
14 Nov 2022
ދޮންކޮ
މީޑިއާ ނެޓަށް ބުނެލަން އޮތީ، . އެކަމަކު މަގޭ ރެސްޓޯރަންޓްގަ، ވޯލްޑްކަޕްމެޗް އިންޓަރނެޓް މެދުވެރިކޮށް ލައިވްސްޓްރީމް ކުރާނަމޭ
14 Nov 2022
މަޒް
ނަންބަރު އައިނު އަޅައިގެން ވޯލްޑް ކަޕް ބެލޭނެ ތޯ މީޑިއާ ނެޓު ކުރެން އަހާލަ ދީބަލަ
14 Nov 2022
މޯ
ދިވެހިންނަކީ ފުޓްބޯޅައާ ޖެހުނީމަ އެއްބައިވަންތަކަން ދައްކާ ބައެެއްކަން މީޑިއާނެޓަށް ހަނދާންކޮށްދެން. ބިރު ދެއްކުން ހުއްޓާލާ
14 Nov 2022
ވޯރލްޑް ކަޕް
މީޑިއާ ނެޓު ޕެކޭޖު ނަގައިގެން ސިދާ ބޮޑު ޓީވީއަށް ގުޅީމަ މައްސަލަ ޖައްސާނީ ކީކޭ ކިޔާފަ؟
14 Nov 2022
ބަލާނަން
ކެވޭ ވަރު މަދީ.
14 Nov 2022
ޕޮކަހަންޓަސް
މީޑިޔާނެޓު ނޫންގޮތެއް ހޯދަން އެބަޖެހޭ
14 Nov 2022
އަލީ
މީޑިއާ ނެޓު ބުނަނީ އެއްލޮލުން ނޯ ބަލަންވާނީ،n
14 Nov 2022
ދިވެހިން ދިވެހިންގެ ގޮތުގަ ވޯލްޑްކަޕް ބަލާނެ. ފުނޑޭނީ މީޑިއާނެޓް
ދިވެހިންނަށް ބިރުދެއްކީމަ ގޮވާނީ އަތަށް
14 Nov 2022
ވޯލްޑް ކަޕް
ލައިވް ސްޓްރީމް ކުރުމާ މީޑިއާނެޓާ އޮތީ ކޮން ގުޅުމެއް މި މުބާރާތުގެ މެޗުތައް ލައިވްކޮށް ބަލާލެވޭނެ ވެބްސައިޓްތައް އެބަހުރި
14 Nov 2022
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.