ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
19 Oct 2022 | 11:46
ރައްޔިތުންނަށް ވޯލްޑްކަޕް ދެއްކުމުގެ ފެންވަރު، ދައުލަތަކު ނެތް: ޝިޔާމް

މީގެ 35 އަހަރުކުރިން 1986 ވަނަ އަހަރުގައިވެސް ދިވެހި ދައުލަތުން ރައްޔިތުންނަށް ވޯލްޑްކަޕް ދެއްކި ކަމަށާއި، އެހެން ނަމަވެސް މިއަދު އެކަން ކުރާނެ ގޮތެއް ސަރުކާރުގެ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމު މިފަދައިން ވިދާޅުވީ ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް އެކުލަވާލާފައިވާ ރީ-ބްރޯޑްކާސްޓުކުރުމުގެ ގަވައިދު ބާތިލްކުރުމަށް ގޮވާލާ ހުށައެޅި ގަރާރަށް ވާހަކަދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ މިހާރު ބްރޯޑްކޮމްއިން ހަދާފައިވާ ގަވައިދުއަގައި ވާ ގޮތުން ހުރިހާ ރައްޔިތުންނަށް ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ނެތްކަމަށެވެ. އަދި އެ ފުރުސަތު އޮތީ މީޑިއާނެޓު ބޭނުންކުރާ ފަރާތްތަކަށް އެކަނިކަމަށެވެ. އެއާއެކު އޭނާ ވަނީ ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ދިވެހި ޒުވާނުންނަށް ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ހޯދާ ނުދިނީ ކީއްވެގެންތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. 

އަދި މިކަމަކީ ކަނޑައެޅިގެން ވަކި ބަޔަކަށް ބޮޑު މަންފާއެއް ހޯދާދިނުމަށް ރޭވިގެން ހިންގާފައިވާ ކަމެއްކަމަށް ޝިޔާމު ވިދާޅުވިއެވެ. 

"މީޑިއާނެޓު މި ދިނީ ރާއްޖެ ޓީވީއަށް، ރާއްޖެ ޓީވީއަކީ ކޮން ބައެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ، މި ދައްކަނީ ނޫސްވެރިންގެ ވާހަކައެއް ނޫން. ރާއްޖެ ޓީވީއަށް މި އޮތީ ދީފަ އެކްސްކުލޫސިވިޓީ، މި ކުރާ ކަމަކީ ރާއްޖޭގައި ހުރިހާ ރައްޔިތުން ހިއްސާވާ ކުންފުނިތަކާއި، ހުރިހާ އެސްއޯއީތަކެއްގެ ސްޕޮންސަރ މި ލެބެނީ ރާއްޖެ ޓީވީއަށް، ރާއްޖެ ޓީވީއަށް 50 މިލިއަން 60 މިލިއަންގެ ސްޕޮންސާ ހަމަވީމަ ދެން މި އިންނަ ކުޑަ ވިންޑޯގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން ޕީއެސްއެމުން އަނެއްކާ 7 ލައްކަ ޑޮލަރު ދީގެން ރައްޔިތުންނަށް ދައްކާގޮތަށް، މި އޮތީ"

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު 

ޝިޔާމު ވިދާޅުވީ އެންމެ މި ކުރި ކަމަކީ ރައްޔިތުންގެ ފައިސާ "ސްޕޮންސާ" ގެ ނަމުގައި ވަކި ދިމާލަކަށް އެޅުންކަމަށެވެ. ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވޯލްޑްކަޕް ދެއްކުމަށް ވިސްނަން ފެށީވެސް ރާއްޖެ ޓީވީއިން ކަނޑައަޅައިވާ އަދަދަށް އެމީހުންނަށް ސްޕޮންސަރ ނުވަތަ ފައިސާ ލިބުމުންކަމަށް ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމު ވިދާޅުވީ މިއީ ކަނޑައެޅިގެން ރޯމާ ރޯ ދުވާލު ކުރާ ވައްކަންކަމަށެވެ. 

ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ ގަވައިދާއި ދެކޮޅަށް ގަރާރު ހުށައަޅުއްވަން ޖެހުނީ މިފަދަ އެ ގަވައިދުގައި ނިވަލުގައި ތިބެގެން މިފަދަ ޖަރީމާތައް ހިންގަމުންދާތީކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެއާއެކު ޝިޔާމު ވިދާޅުވީ، ބޮޑެތި އިންވެސްޓުތައް ކޮށްގެން ރީބްރޯޑްކާސްޓު ކުރުމުގެ ޚިދުމަތް ދެމުންދާ ފަރާތްތައް ތިބިއިރު، ގާނޫނާއި ޚިލާފަށް ބްރޯޑްކޮމްއިން އެކުލަވާލި އެ ގަވައިދުގެ ސަބަބުން އެ ފަރާތްތައްވެސް އިދަޖެހިގެން ދާނެކަމަށެވެ.  

ޝިޔާމު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބި 7 މެމްބަރުންނަކީ މީޑިއާނެޓުގެ ވަޒީފާގައި ތިއްބެވި ފަރާތްތަކެއް ނޫންކަމަށެވެ. އެ ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްކަމަށާއި، އެމީހުން މަސައްކަތް ކުރަންވާނީ ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންނަށް އެންމެ މަންފާކުރަނިވި ގޮތަށްކަމަށެވެ. އަދި ވަކި ކުންފުންޏެއް ބޭނުންވާހާ ގޮތަކަށް އެމީހުން ގަވައިދުތައް ހަދައިގެން ނުވާނެކަމަށް ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމުގެ އިތުރުންވެސް މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ބްރޯޑްކޮމް ގެ އެ ގަވައިދާއި ދެކޮޅުކަން ފާހަގަކުރައްވާފައެވެ. އަދި އެ ގަވައިދަކީ ގާނޫނާއި ޚިލާފު ގަވައިދެއްގެ ގޮތުގައި ގިނަ މެމްބަރުން އިއްތިފާގުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.