ދިރާގުގެ ޚިދުމަތް ތަޢާރަފްކުރުން --
ހަބަރު
08 Nov 2025 | 10:43
ދިރާގުން މީޑިއާނެޓުގެ އަންލިމިޓެޑް ސްޕޯޓްސްޕާސް އެކްޓިވޭޓްކުރެވޭ ގޮތަށް ތަޢާރަފުކޮށްފި

ދިރާގުން، މީޑިއާނެޓުގެ "އަންލިމިޓެޑް ސްޕޯޓްސްޕާސް"ގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

ދިރާގުން ބުނި ގޮތުގައި އެ ޚިދުމަތް މެދުވެރިކޮށް ދުނިޔޭގެ އެންމެ މަގުބޫލު މުބާރަތްތައްކަމުގައިވާ ޕްރިމިއާ ލީގު، ޗެންޕިއަންސް ލީގު އަދި އެހެނިހެން ބޮޑެތި ފުޓްބޯޅަ މުބާރަތްތައް ވަގުތުން ބެލޭނެއެވެ. އަދި އިތުރު ކުޅިވަރުތައް ކަމުގައިވާ ކްރިކެޓް، ވޮލީ ބޯޅަ، ބެޑްމިންޓަން، ޓެނިސް އަދި އިތުރު ކުޅިވަރުތައް ވެސް ބަލައިލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ފާހަގަކުރި ގޮތުގައި މިއީ ދިރާގު އެޕް މެދުވެރިކޮށް މީޑިއާ ނެޓުގެ ޕެކޭޖެއް އެކްޓިވޭޓްކުރެވޭ ގޮތަށް ދިރާގުން ތަޢާރަފުކުރި ފުރަތަމަ ޚިދުމަތެވެ. އަދި މި ޚިދުމަތް އެކްޓިވޭޓްކޮށްގެން އަންނަ އަހަރުގެ މޭއި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ޚިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން ދިރާގު އެޕް މެދުވެރިކޮށް 450 ރުފިޔާ އަށް އަންލިމިޓެޑް ސްޕޯޓްސްޕާސް އެކްޓިވޭޓްކުރުމުން ވާނެ ކަމަށް ދިރާގުން ބުންޏެވެ.

އަދި އެ ޕެކޭޖަށް ފައިސާ ދެއްކުމަށް ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް އެ ކަސްޓަމަރެއްގެ ބިލާއި އެކު ފައިސާ ދެއްކޭނެއިރު، ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް އެ ކަސްޓަމަރުންގެ އެކައުންޓްގެ ބެލޭންސް ބޭނުންކޮށްގެން ދެއްކޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް
ގަލަން
މާ އަގުބޮޑު
08 Nov 2025
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.