ވޯލްޑްކަޕްގެ އިނާމުތަށި
ހަބަރު
18 Oct 2022 | 18:12
ވޯލްޑްކަޕް މެޗުތައް ބެލޭ ޕެކޭޖު މީޑިއާނެޓުން ރިސޯޓުތަކަށް ވިއްކަނީ 5000 ޑޮލަރަށް

ވޯލްޑްކަޕް މެޗުތައް ބެލުމަށް މީޑިއާނެޓުން ޚާއްސަ ޕެކޭޖުތައް އެކުލަވާލާ، ރިސޯޓުތަކަށް އެ ޕެކޭޖުތައް 5000 ޑޮލަރަށް ވިއްކުމަށް ނިންމައިފިއެވެ. 

މީޑިއާނެޓުން ވޯލްކަޕް މެޗުތައް ދައްކާ ޗެނަލްތައް ރިސޯޓުތަކަށް ފެންނާނީ އެ ޕެކޭޖުގެ ދަށުންނެވެ. އެއީ މީޑިއާ ނެޓުގެ ދަށުން ހިންގާ އައިސް ޓީވީ އާއި ޕީއެސްއެމްގެ ޔެސް ޓީވީ އަދި ރާއްޖެ ޓީވީ އެވެ.

ވޯލްޑް ކަޕްގެ މި ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެފައި ވަނީ އިންޑިއާގެ 'ވަޔާކޮމް18' އިންނެވެ.

ރާއްޖޭގެ މީޑިއާ ނެޓުން ވަނީ އެއް މިލިއަން ޑޮލަރުގެ އަގަކަށް ރާއްޖޭގެ ރީބްރޯޑްކާސްޓިން ރައިޓްސް އެ ކުންފުނިން ގަނެފަ އެވެ. މީޑިއާ ނެޓުން ނިންމާފައި އޮތީ ގިނަ ވެގެން ތިން ޗެނަލަކަށް ރައިޓްސް ވިއްކާލާށެވެ.

ޕީއެސްއެމްއިން ވޯލްޑްކަޕް ދެއްކުމުގެ އެއްބަސްވުމުގައި މީޑިއާނެޓާއެކު ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުނެވެ. މީގެ ކުރިން އެމީހުން ވަނީ 'ވަޔާކޮމް18' އަތުން ވަކިން ރައިޓްސް ގަންނަން ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ ކުންފުނިން ރައިޓްސް ވިއްކަނީ ދެ މިލިއަން ޑޮލަރަށް ކަމަށް ވުމުން، އެ އަގު މާ ބޮޑުވެ، ރާއްޖޭގެ ތިން ކުންފުންޏަކުން ގުޅިގެން ފައިސާ ދައްކާ ގޮތަށް އެއްބަސްވީ އެވެ.

ދައުލަތުގެ މީޑިއާއިން މީގެކުރިން ހިލޭ ދެއްކި ވޯލްޑް ކަޕްގެ ރައިޓްސް ޕީއެސްއެމުން ގަންނަނީ 333،000 ޑޮލަރު ނުވަތަ 5.4 މިލިއަން ރުފިޔާއަށެވެ. ހަމަ އެ ވަރު ރާއްޖެ ޓީވީ އާއި އައިސް ޓީވީއިން ދައްކަން ޖެހޭނެއެވެ. 

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލާފއިވާ ގާނޫނުގައި ވާ ގޮތުން ވޯލްޑް ކަޕްގެ މެޗުތައް ގައުމީ ޓީވީއިން ހިލޭ ދައްކައިދޭން ޖެހެއެވެ. އެހެން ނަމަވެސް އެ ގާނޫނުގައިވާ އެއްވެއް އެހެން ގޮތަކަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވަނީ މާނަކުރައްވާފައެވެ. 

އެގޮތުން ޚާލިދު ވިދާޅުވީ ދައުލަތުގެ މީޑިއާއިން ހިލޭ ރައްޔިތުންނަށް ދައްކަން ޖެހެނީ ހަމައެކަނި ވޯލްޑް ކަޕް އޯޕަނިން ސެރަމަނީ އާއި ހުޅުވާ މެޗު އެކަނިކަމަށެވެ. 

ކޮމެންޓް
ގަލަން
ވޯލްޑް ކަޕްބެލޭ ޕެކެޖް ރިސޯޓް ތަކުގެ މުއައްޒިފުންނައް ސަތޭކަ ޑޮލަރައް ލިބިދާނެ
18 Oct 2022
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.