މީޑިއާނެޓް
ހަބަރު
15 Nov 2022 | 16:21
މީޑިއާ ނެޓުން ގޮތް ދޫކޮށް ބޮޑު ސްކްރީންގައި ވޯލްޑްކަޕް ބެލޭނެ ކަމަށް ބުނެފި

މި އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފީފާ ވޯލްޑް ކަޕް 2022" ގެ މެޗުތައް ބޮޑު ސްކްރީނުގައި ދެއްކުން މަނާ ކުރަން މީޑިއާ ނެޓުން ނިންމި ނިންމުމަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވުމާއި ގުޅިގެން އެ ނިންމުން ބަދަލުކޮށް ބޮޑު ސްކްރީންގައި ވޯލްޑްކަޕް ބެލޭނެ ކަމަށް ބުނެފިއެވެ. 

ރާއްޖޭގައި ފޯރިއާއެކު ގިނަ ބަޔަކު ބޮޑު ސްރީންގައި ބަލަމުން އަންނަ ކުޅިވަރުގެ މި ބޮޑު ހަރަކާތް ބޮޑު ސްރީންގައި ދެއްކުން މަނާ ކޮށް، މީޑިއާ ނެޓުން ފޮނުވާފައިވާ އިންޒާރުގެ ސިޓީއެއް "ވޮއިސް" އަށް ލިބުމާއި ގުޅިގެން އެކަން އާއްމުންގެ ސަމާލުކަމަށް އިއްޔެ ވާނީ ގެނެސްފައެވެ. 

އެގޮތުން މީޑީއާނެޓުން ފޮނުވާފައިވާ އިންޒާރުގެ ސިޓީގައި ޕީޕާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖޭގެ ސަރަހައްދުގައި ދެއްކުމަށް ބޭނުންވާ "މީޑިއާ ރައިޓްސް ލައިސެންސް" ފީފާގެ ފަރާތުން ލިބިފައިވަނީ މީޑިއާ ނެޓަށް ކަމަށެވެ. އަދި ފީފާގެ ހުއްދަ އާއި އެކު މީޑިއާނެޓުން ފީފާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖޭގެ ސަރަހައްދުގައި ދެއްކުމުގެ ސަބްލައިސެންސް ދީފައިވަނީ ރާއްޖެ ޓީވީ އާއި، ޕީއެސްއެމް އާއި އައިސް ޓީވީއަށް ކަމަށް ބުނެފައިވެއެވެ. 

ވޯލްޑްކަޕް ބޮޑު ސްރީންގައި ނުދެއްކޭނެކަމަށް ބުނެ މީޑިއާނެޓުން ފޮނުވާފައިވާ އިންޒާރުގެ ސިޓީ

އަދި ސިޓީ ހޯޓާ، ރެސްޓޯރަންޓު ފަދަ ވިޔަފާރިތަކުން މުބާރާތުގެ މެޗުތައް ދެއްކުމަށް ބޭނުންވާ ކޮމާޝަލް ހުއްދަ އެކަމަށް އެދޭ ފަރާތްތަކަށް މީޑިއާނެޓުގް ފަރާތުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ލިޔުމުގައި ވެއެވެ. 

އެހެންނަމަވެސް، ސްޓްރީމިންގ ނުވަތަ ފްރީ-ޓު-އެއާރގެ ގޮތުގައި ފީފާ ވޯލްޑް ކަޕްގެ އެއްވެސްް މެޗެއް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަކީ ސަބްލައިސެންސް ދީފައިވާ ފަރާތްތަކަށްވެސް ހުއްދަ ކަމެއް ނޫން ކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ.

"އަދި މުބާރާތުގެ އެއްވެސް މެޗެއް ސޯޝަލްމީޑިއާގެ އެއްވެސް ވަސީލަތަކުން ނުވަތަ އިންޓަނެޓް ގެ ޒަރީޢާއިން ބޭނުންކުރެވޭ އެއްވެސް ވަސީލަތަކުން ވަގުތުން ދެއްކުމަކީވެސް މަނާކަމެކެވެ. އަދި ސަބްލައިސެންސް ދައްކާފައިވާ ފަރާތްތަކުގެ ފީޑް ބޭނުން ކޮށްގެން ޕަބްލިކް ސްކްރީނެއްގައި ޢާއްމުންނަށް ހުޅުވާލައިގެން ފީފާ ވޯލްޑް ކަޕް ގެ މެޗުތައް މީޑިއާނެޓްގެ ހުއްދަނެތި ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަކީ ވެސް މަނާކަމެކެވެ." މީޑިއާނެޓުން ނެރެފައިވާ ލިޔުމުގައި ވެއެވެ. 

ވުމާއެކު މީޑިއާނެޓް ގެ ހުއްދަނެތި އެއްވެސް މީޑިއަމެއް ބޭނުން ކޮށްގެން ފީފާ ވޯލްޑް ކަޕްގެ މެޗުތައް ލައިވް ކުރުމަކީ މަނާ ކަމެއް ކަމަށާ، އަދި އެއީ ފީފާގެ ގަވާއިދުތަކާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާ ތަކާއި ޚިލާފް ކަމަކަށް ވުމުގެ އިތުރުން އެއީ ރާއްޖޭގެ ގާނޫނު ތަކާއިވެސް ޚިލާފް ކަމެއް ކަމަށް މީޑިއާނެޓުން ހާމަކޮށްފައިވެއެވެ. 
އަދި އެފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެފަރާތްތަކާއި މެދު ގާނޫނާއި އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް މީޑީއާނެޓުން އިންޒާރު ދީފައިވެއެވެ. 

މީޑިއާ ނެޓުގެ މި އިންޒާރުގެ މެސެޖާއި ގުޅިގެން ވަރަށް ގިނަ ފުޓުބޯޅަ އަށް ލޯބި ކުރާ މީހުން ވަނީ މީޑިއާނެޓް ބޯއިކޮޓް ކުރަންޖެހޭ ކަމަށް ގޮވާލައި ނުރުހުން ފައުޅުކޮށްފައެވެ. 

އެ މައްސަލާގައި މީޑިއާ ނެޓުން މިހާރު ބުނެފައިވަނީ، ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ދެއްކުމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށާ، އެހެންނަމަވެސް އެކަން ވިޔަފާރި އުސޫލުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ބޮޑު ސްކްރީނުން ވޯލްޑްކަޕް ދައްކާއިރު ކުޅިވަރުގެ ރޫހާ ޚިލާފުނުވާހެން އެކަން ކުރެވޭނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފީފާއިން އެ ކަމުގައި އަންގައިފައިވާ ގޮތަށް އެކަން ކުރުމަކީ މުހިންމު ކަމެއްކަމަށް މިޑީއާ ނެޓުން ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.