05 Jan 2023
"އެކުގައި ނުތިބެވޭ ވަރަށް ފާޑުކިޔުމަކީ ހައްދުން ނެއްޓުން"
އެމްޑީޕީގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކުރައްވަން ނިކުމެބަޑައިގެން ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އޭނާގެ ވަފާތެރިން ރައީސް ސޯލިހަށް ފާޑުކިޔުމުގައި ހައްދުފަހަނަ އަޅާފައިވާ ކަމަށް މި އިންތިޚާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވިދާޅުވެއްޖެ އެވެ.