މީކާއިލް ނަސީމް
ހަބަރު
30 May 2023 | 12:37
ފެނުމުން މަހްރޫމް ވެފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ފަހި ކޮށްދިނީ އެމްޑީޕީއިން: މީކާއިލް

ފެނުމުން މަހްރޫމް ވެފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ފަހި ކޮށް ދިނީ އެމްޑީޕީއިން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ.

މީކާއިލް ވިދާޅުވީ މީގެ 15 އަހަރު ކުރިން ޕީޕީއެމް ފިކުރު، އޭރުގެ ޑީއާރްޕީ ފިކުރުން އޭރުގެ 18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓު ލުމުގެ ހައްޤުން އެޒުވާނުން މަހްރޫމް ކުރުމަށް ހިފައިފައި ތިބެނިކޮށް އެމްޑީޕީ އިން ނުކުމެ އެ ހައްޤު ކަށަވަރު ކުރި ކަމަށެވެ.

"މިއަދު އޭގެ ފަނަރަ އަހަރު ފަހުން އަނެއްކާވެސް ބައެއްގެ އަސާސީ ހައްޤު ކަށަވަރު ކުރަން، ބައެއްގެ އިލެކްޓޯރަލް ހައްޤު، ޒަމާނުއްސުރެ އެތައް ބަޔަކު އެކަމަކުން މަހްރޫމްވެފައިވާ، އެހައްޤު ކަށަވަރު ކުރަންވެސް މިނުކުތީ އަނެއްކާވެސް، ދިވެހި ރައްޔިތުންގެ ދިމޮކްރެޓިކް ޕާޓީ، މި ޕާޓީގެ މިސަރުކާރު" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް މަޖިލީހުގައި މިވާހަކަ މިގޮތަށް ދެެއްކެވީއިރު، ފެނުމުން މަހްރޫމް ވެފައިވާ މީހުންނަށް މިނިވަން ކަމާއިއެކު ވޯޓު ލުމުގެ ހައްޤު ކަށަވަރު ކުރުމުގެ މަސައްކަތަކީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ކޮށްފައިވާ ބުރަ މަސައްކަތެކެވެ. އެއީ ރަށްރަށުގައި ތިބި ލޯފަން ބޭފުޅުން ވަޒީފާއިން ޗުއްޓި ނަންގަވައިގެން މާލެ ވަޑައިގެން ކުރެެއްވި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެގޮތުން، އެބޭފުޅުން އެ މަސައްކަތުގައި އެތައް ސިޔާސީ ޕާޓީތަކާއި، އިިލެކްޝަންސް ކޮމިޝަނާއިވެސް މިފަހުން ބައްދަލު ކޮށްފައިވާއިރު، ލޯފަން މީހުން ވޯޓުލުމަށް ބޭނުން ކުރެވިދާނެ ޓެމްޕްލޭޓް ޚިޔާލާއި، އޭގެ ސާމްޕަލް ވެސް އެންމެ ފުރަތަަމަ ހުށަހަޅާފައިވަނީ އެ ޖަމިއްޔާ އިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.