ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް
ހަބަރު
29 Nov 2022 | 09:38
އަޅުގަނޑު އެދިގެން ޢާއިލާ އެއްވެސް މީހަކަށް ވަޒީފާއެއް ހޯދަ ނުދެން: މީކާޢިލް

މިއަދާ ހަމައަށްވެސް އާއިލާގެ އެއްވެސް މީހަކަށް ވަަަޒީފާާ ހޯދައިދޭން އެދިފައި ނުވާނެ ކަމަށާ، އެފަދައިން އެދިގެން ދީފައިވާ އެއްވެސް ސިޔާސީ/އެނޫންވެސް ވަޒީފާއެއް ނޯންނާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގިނަވެ ޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ދިޔައިރު، މީކާޢިލް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ފެކްޝަނާއި އެކުގައެވެ. އެގޮތުން އޭރު، އޭނާ ދިޔައީ ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އަދި، ސަރުކާރުން ފޮނުވާހާ ބިލަކަށް އެމްޑީޕީގެ ސަރުކާރުގެ ފެކްޝަނުގެ މެންބަރުން ތާއީދުކޮށް އެ ބިލު ފާސްކުުރުމަށް ވޯޓު ދެނީ އެ ބޭފުޅުންގެ ޢާއިލާ މީހުންނަށް ސަރުކާރުންނާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ހަމަޖައްސައިދޭތީ ކަމަށާ، އެގޮތުން އެފަދަ ކަމެއްގައި ކޮށްލާ ކޮންމެ ފޯން ކޯލަކާއި އެކު ވޯޓުދޭ ކޮޅު ބަދަލުވެ، ބިލަށް ތާއީދުކޮށް ނަގާ އަތްވެސް މަތިވަމުންދާކަމަށް ވިދާޅުވެ އޭނާ މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. 

އެހެން ނަމަވެސް ފަހަކަށް އައިސް އެފަދައިން ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާ މަންޒަރު ނުފެންނައިރު، ރައީސް ނަޝީދު ގެ ފެކްޝަނުގެ ބައެއް މެންބަރުން އެމްޑީޕީގެ ވިޕްލައިނާއި ޚިލާފްވާ އިރު ވެސް އޭނާ ވިޕްލައިނާ އެއްގޮތަށް ސަރުކާރުން ފޮނުވާ ބިލު ތަކަށް އަންނަނީ ވޯޓު ދެމުންނެވެ. 

މިކަމާއި ގުޅިގެން އޭނާއަށް ފާޑުކިޔައި، ވިޕްލައިނާއި ޚިލާފަށް ވޯޓު ނުދެއްވައި، ކުރިންގެ ބަސްމަގު ބަދަލުވީ ޢާއިލާ މީހަކަށް ވަޒީފާއެއް ލިބުމުންތޯ އަހައި އިސްމާއީލް ޒަރިޔަންދު ކުރި ޓުވީޓަކަށް ރައްދު ދެއްވަމުން މީކާޢީލް ވިދާޅުވީ، އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ތުހުމަތެއް ކަމަށެވެ. 

"މިއަދާ ހަމައަށް އާއިލާގެ އެއްވެސް މީހަކަށް އަޅުގަނޑު އެދިގެން ހޯދި އެއްވެސް ސިޔާސީ/އެނޫންވެސް ވަޒީފާއެއް ނޯންނާނެކަން ވަރަށް ކެރިގެން ބުނަން. ޕާޓީގެ ވިޕްލައިނާއި އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް ގަބޫލުކުރާ އުސޫލު." މީކާޢިލް ވިދާޅުވި އެވެ. 

ވިޕްލައިނާއި ދެކޮޅަށް ވޯޓު ނުދެއްވަން މީކާއިލް ނިންމަވައި އެގޮތަށް ޢަމަލު ކުރައްވަމުން ދާއިރު، އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުގެ މެންބަރުން އަންނަނީ އެބޭފުޅުންނާއި ދެކޮޅަށް ފިޔަވަޅު އެޅި ނަމަވެސް ވިޕްލައިނާއި ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ބުނެ އެފަދައިން ޢަމަލު ކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.