ލާރި މާރުކުރާ ތަނެއް- ފޮޓޯ/ އެޓޯލް ޓައިމްސް
ހަބަރު
12 Oct 2026 | 11:53
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް އެގައުމުގެ ތިން ހުށަހެޅުމެއް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.

މިމަހު 8 ވަނަ ދުވަހު ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު އެމް.ޑީ. މުސްތާކުރު ރަހްމާން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ރަސްމީ ބޭންކިންގ ޗެނަލްތައް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކާ އެކުވެސް، ބަންގްލަދޭޝް މަސައްކަތްތެރިންނަށް އެމީހުންގެ އާމްދަނީ ގައުމަށް ފޮނުވުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

އެހެން ކަމުން ބަންގްލަދޭޝް ބޭންކުން ހުށަހެޅީ، ބިދޭސީ މަސައްކަތްތެރިންގެ އާމްދަނީ ރަސްމީ ބޭންކިންގ ޗެނަލްތައް މެދުވެރިކޮށް ރައްކާކޮށް ހެޔޮ އަގެއްގައި ފޮނުވުމުގެ އިންތިޒާމުތައް ގާއިމުކުރުމަށް ދެ ގައުމުގެ މަނިޓަރީ އޮތޯރިޓީއާ ގުޅިގެން މަސައްކަތް ކުރުމަށެވެ.

ފުރަތަމަ ހުށަހެޅުމުގެ ދަށުން، ބަންގްލަދޭޝް ބޭންކުން ބޭނުންވަނީ އޭޝިއަން ކްލިއަރިންގ ޔޫނިއަން (އޭ.ސީ.ޔޫ) ގެ ދަށުން އެކަށީގެންވާ އިންތިޒާމެއް މެދުވެރިކޮށް ދިވެހި ރުފިޔާ ބޭނުންކުރާނެ ގޮތް ހޯދާށެވެ. މިފައިސާ ބަންގްލަދޭޝްގައި ތިބޭ ފަރާތްތަކަށް ޓަކާ އިން ދައްކާނީ ބޭންކުތައް މެދުވެރިކޮށެވެ.

ދެވަނަ ހުށަހެޅުމަކީ، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ބޭންކުތަކާއި ފައިސާ ބަދަލުކުރާ ފަރާތްތަކަށް ބަންގްލަދޭޝް ރައްޔިތުން ރާއްޖެއަށް ކުރާ ދަތުރުފަތުރާ ގުޅޭ ގޮތުން ދިވެހި ރުފިޔާއިން ފައިސާ ދައްކަން ހުއްދަ ދިނުމެވެ. ބަންގްލަދޭޝްގައި، ބޭންކުތަކަށް ޓަކާ އިން ކާޑުތައް ނެރެވޭނެއެވެ.

ތިންވަނަ ހުށަހެޅުމަކީ، ބަންގްލަދޭޝް މަސައްކަތްތެރިންގެ އާމްދަނީ ގައުމަށް ފޮނުވުން ފަސޭހަކުރުމަށްޓަކައި ބަންގްލަދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު ކަރަންސީ ސްވޮޕް އެގްރީމަންޓެއް އެކުލަވާލުމަށް މަސައްކަތް ކުރުމެވެ.

ބަންގްލަދޭޝް ބޭންކުން ބުނެފައިވަނީ މި ހުށަހެޅުންތަކަށް ދެގައުމުގެ ގާނޫނީ ހުއްދަ އާއި ގާނޫނުތަކާ އެއްގޮތަށް ކުރިއަށް ގެންދާނެ މަގު ހޯދަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، މިކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ ކަންތައްތަކާއި، އޮޕަރޭޝަނަލް އިންތިޒާމުތަކާއި، ސެޓްލްމަންޓް މެކޭނިޒަމްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބަންގްލަދޭޝް ބޭންކުގެ އޮފިޝަލުންނާއި ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް މިޝަންގެ ފަރާތްތައް ހިމެނޭ ގޮތަށް ޖޮއިންޓް ޑެލިގޭޝަނެއް މެދުވެރިކޮށް އެމް.އެމް.އޭއާ ބައްދަލުކުރުމަށް ތައްޔާރަށްވާ ކަމަށްވެސް ބަންގްލަދޭޝް ބޭންކުން ވަނީ ބުނެފައެވެ.

2024 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގައި 200,000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން ތިބޭއިރު، އޭގެ ތެރެއިން 100,000 އަށް ވުރެ ގިނަ މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

ބަންގްލަދޭޝް ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2025-26 އަހަރުގައި ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ގާތްގަނޑަކަށް 118 މިލިއަން ޑޮލަރުގެ ރެމިޓަންސް ލިބިފައިވާއިރު، 2024-25 އަހަރުގައި 141.1 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ އަހަރުން އަހަރަށް 16.4 އިންސައްތައިގެ ދަށަށް ދިއުމެކެވެ. މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދިވެހިރާއްޖެއިން 38.05 މިލިއަން ޑޮލަރުގެ ރެމިޓަންސް ބަންގްލަދޭޝްއަށް ލިބިފައިވެއެވެ.

ދިވެހިރާއްޖެއިން ފައިސާ ފޮނުވުމުގައި ދިމާވާ ދަތިތަކުގެ ތެރޭގައި، ބޭންކުތަކާއި އެކްސްޗޭންޖް ހައުސްތަކުން ދިވެހި ރުފިޔާ ސީދާ ގަބޫލުނުކުރުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން، ބަންގްލަދޭޝްގެ ބިދޭސީން ޖެހެނީ އެމެރިކާ ޑޮލަރު ގަނެ، ބޭންކުތައް ނުވަތަ އެކްސްޗޭންޖް ހައުސްތައް މެދުވެރިކޮށް ފައިސާ ގައުމަށް ފޮނުވާށެވެ. މީގެ އިތުރުން، ރަސްމީ ޗެނަލްތައް މެދުވެރިކޮށް ފައިސާ ފޮނުވުމަށް މަތީ ކޮމިޝަންތައް ދައްކަން ޖެހުމަކީވެސް މަސައްކަތްތެރިންނަށް މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
12 Oct 2026
ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.