އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ތާވަލްގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗް ސިތީ ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މާލީ މުއާމަލާތްތަކެއް އުސޫލާ ހިލާފަށް ސިޓީން ހިންގި މައްސަލަތަކެއްގެ ތެރޭގައި އިތްނަމަވެސް ލިވަޕޫލް މެޗްގައި އެޓީމް ފެނުނީ ވަރުގަދަކޮށެވެ. މި މެޗް ކުޅެމުންދިޔަ އިރުވެސް ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ސިޓީއަށް ނިސްބަތްކޮށް ސްޓޭޑިއަމްގައި ފާޑުކިޔާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ދާދީ ކުޅުމެއް ފެނިގެންދިޔައިރު، ފަހު ހާފް ފެނިގެންދިޔައީ ތަފާތުކޮށެވެ. ހާއްސަ ގޮތެއްގައި މެޗުގެ 60 ވަނަ މިނެޓުގައި ލިވަޕޫލްގެ ރަޔަން ގްރާވެންބާކަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާ ދަނޑުން ފޮނުވާލުމުން، ލިވަޕޫލަށް މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ލިވަޕޫލުން 10 ކުޅުންތެރިންނާއެކު ކުޅެމުންދަނިކޮށް އޭގެ އެޑްވާންޓޭޖް ނަގައި ސިޓީން ވަނީ 65 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހާފައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ހާލާންޑެވެ. އޭގެ ދެ މިނެތް ފަހުން ޑޯކޫ ލަނޑެއް ޖަހައި ލީޑް ފުޅާކޮށްދީފައިވާއިރު، ޗާކީ ވަނީ އޭގެ ނުވަމިނެޓްފަހުން ސިޓީގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists