ވަލީދާ ވަލީދު
ހަބަރު
12 Oct 2026 | 10:35
އެއްބަސްވުމާއެއްގޮތަށް ލޯނު ފައިސާ ނުދެއްކުމުން، ބޭންކަށް އެ ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.

ދަޢުވާގެ ޚުލާޞާ

ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައަކީ، ވަލީދާ ވަލީދުގެ އެދުމަކަށް، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން "ލުއި އެކްސްޕްރެސް" ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ އެންމެހައި ޝަރުޠުތަކަށް އެއްބަސްވެ، 29 މާރިޗު 2022 ގައި -/100,000ރ (އެއްލައްކަ ރުފިޔާ) ގެ ލޯނެއް ވަލީދާ ވަލީދުއަށް ދޫކޮށްފައި ވަނިކޮށް، އެ އެއްބަސްވެފައިވާ ގޮތަށް ލޯނުގެ ފައިސާ އަދާކޮށްފައިނުވާތީ، މި ލޯނަށް ދައްކަންޖެހޭ އެންމެހައި ފައިސާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާ އެކު އެއްފަހަރާ ލިބިގަތުމަށްއެދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަލީދާ ވަލީދުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބެލި މައްސަލައެކެވެ.

ދެވަނަ މައްސަލަ އަކީ ވަލީދާއަށް ދޫކޮށްފައިވާ 74,985ރ. ގެ ލިމިޓެއް އޮތް ވިސާ ގޯލްޑް ކްރެޑިޓް ކާޑު ބޭނުންކުރުމަށްފަހު ފައިސާ ދައްކާފައިނުވާ މައްސަލައިގައި، 6 އޮކްޓޫބަރު 2026 އާ ހަމައަށް އަރާފައިވާ 7,905.09 USD އާއި، ރިކަވަރީ ފީގެ 5,000ރ. އަދި އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ހޯދުމަށް ބޭންކުން ހުށަހެޅި މައްސަލައެކެވެ.

މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކައި ނިންމުމަށް ވަނީ ހުކުމްކޮށްފައެވެ.

ކޯޓުގެ ޙުކުމް

ލޯނުގެ މައްސަލާގައި ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށް ލޯނުގެ ބާކީގައި -/70,935.64ރ (ހަތްދިހަހާސް ނުވަސަތޭކަ ތިރީސް ފަސްރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ދައްކަންޖެހި ނުދައްކައިވާކަމާއި، މި ލޯނާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއަކީ ބޭންކް އޮފް މޯލްޑިވްސް އަށް ވަލީދާ ވަލީދު ދައްކަންޖެހޭ ފައިސާއެއްކަން، ވަލީދާ ވަލީދުގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން، މި ލޯނުގެ ފައިސާއާއި، އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއެކުގައި އަދާކޮށް އެކައުންޓު ބަންދުކުރެވެންދެން ޗާޖުކުރެވެމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާއި، އަދި ބޭންކުގެ "ޝެޑިއުލް އޮފް ޗާރޖަސް އެންޑް ފީޒް" ގެ 6 ވަނަ މާއްދާގެ ދަށުން ރިކަވަރީ ފީގެ ގޮތުގައި ޗާޖުކުރެވޭ -/5,000ރ (ފަސްހާސް ރުފިޔާ) އަކީ ވަލީދާ ވަލީދު ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަންޖެހޭ ފައިސާ ކަމުގައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އަދި އިއްޔެ އިން ފެށިގެން ފަސް މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެމަހަކަށްޖެހޭ ވަރަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަމުންގޮސް މި ލޯނުގެ އެންމެހައި ފައިސާ ދައްކާ ޚަލާޞްކުރުމަށް ވަލީދާ ވަލީދުއަށް ސިވިލް ކޯޓުން ވަނީ އަންގައި ޙުކުމްކޮށްފައެވެ.

މީގެ އިތުރުން، ކްރެޑިޓް ކާޑުގެ ފައިސާ ނުދައްކާ އޮތް މައްސަލާގައި، 6 އޮކްޓޫބަރު 2026 އާ ހަމައަށް އަރާފައިވާ 7,905.09 USD އާއި، ރިކަވަރީ ފީގެ 5,000ރ. އަދި އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ، މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކައި ނިންމުމަށް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.