30 Jan 2025
ބަނގުރާ ބާލިދީއެއް ގެންގުޅު ދެބީދޭސީއަކު ޑީޕޯޓުކޮށްލަނީ
ބަނގުރާ އަޅާފައި ހުރި ބާލިދީއެއް ގެންގުޅު ދެ ބިދޭސީއަކު ޑީޕޯޓްކުރަން މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.
29 Jan 2025
މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންހެނަކު ހޯދަނީ
ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހާޒިރުވުމަށް ހޯދަން ފަށައިފިއެވެ.
29 Jan 2025
ރާއްޖެއަށް ސިއްރުން ސިނގިރޭޓް އެތެރެކުރި މައްސަލަ ތަހުގީގު ކުރަނީ
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން ދިވެހި ރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
28 Jan 2025
މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
ހއ.މުރައިދޫގައި އަލަށް ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
27 Jan 2025
ކުޅުދުއްފުށީގައި ކުޑަކުއްޖަކު ދުއްވިކަމަށް ބެލެވޭ ޕިކަޕެއް، އެއާޕޯޓް ފެންސުގައި ޖެހިއްޖެ
ކުޅުދުއްފުށީ ސިޓީގައި ކުޑަކުއްޖަކު ދުއްވި ކަމަށް ބެލެވޭ ޕިކަޕެއް އެރަށު އެއާޕޯޓް ފެންސުގައި ޖެހިއްޖެއެވެ.
27 Jan 2025
ސްކޭމްކުރުމަށް އެންމެފަހުން ފްލޭޝް ކޯލް ބޭނުންކުރަނީ. ސަމާލުވޭ!
ގޮތްނޭނގޭ ފަރާތްތަކުން އެކި މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގައި ފްލޭޝް ކޯލްގެ ބޭނުންކުރަމުންދާތީވެ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ
27 Jan 2025
ލޯންޗް އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ދައުވާ ކުރަން އެދިއްޖެ
2023 އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު ފޭދޫ ފިނޮޅު ކައިރިން “ސަސް އީ ސްޕީޑް” ލާންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2” ލާންޗު ޖެހި ހިނގި އެކްސިޑެންޓްގައި ، އެތަނުން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލަ ތަހުގީގުކޮށް ނިންމައި ދެމީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
26 Jan 2025
ރައީސް މުޢިއްޒުގެ ތަަރައްގީގައި ފުލުހުންގެ ދައުރު ބޮޑު: ޣައްސާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމަށް ގެންނަވަން އެދިވަޑައިގަންނަވާ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުން ބޮޑު ދައުރެއް އެބައޮތް ކަމަށާއި އެ މަގަށް މަސައްކަތް ކޮށްދެއްވުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެދިވަޑައިގެންފި އެވެ.