ދިވެހި ފުލުހުންގެ ހިދުމަތް
12 Feb 2025
ވޭޕް އަތުލުމުގެ ބާރު ފުލުހުންނަށް ދީފި
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް އެތަކެތި ގެންގުޅޭ މީހުންގެ އަތުން، އަތުލުމުގެ ބާރު ތަންފީޒީ ބާރުތަކަށް ދޭގޮތަށް ޤަވާއިދު އެކުލަވާލައިފިއެވެ.
11 Feb 2025
ވާދަވެރި ކުޅުމަކަށްފަހު އެމްއެފްޕީ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ އެސްއޯއާރުސީ އިން ހޯދައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ސްޕެޝަަލް އޮޕަރޭޝަންސް ރެކްރިއޭޝަން ކުލަބު (އެސްއޯއާރުސީ) އާއި މާލޭ ފްރޮންޓްލައިން ޕޮލިސް (އެމްއެފްޕީ) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 23-18 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ވަނަ ޖާގަ އެސްއޯއާރުސީ އިން ހޯދައިފިއެވެ.
11 Feb 2025
އެޗްއެމްޕީ ކަޓުވާލުމަށްފަހު ފައިނަލުގެ ފުރަތަމަ ޖާގަ އެސްޕީޑީ އިން ހޯދައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ ފިރިހެން ޑިވިޝަން ސެމީފައިނަލް ފުރަތަަމަ މެޗުގައި ކުލަބު ސްޕެޝަަލް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (ކުލަބު އެސްޕީޑީ) އާއި ހުޅުމާލޭ ޕޮލިސް (އެޗްއެމްޕީ) ވާދަކުރި މެޗު 12-8 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކުލަބު އެސްޕީޑީ އިން ކަށަވަރުކޮށްފިއެވެ.
10 Feb 2025
ފަސޭހަކަމާއެކު ސީއައިސީ ކަނބަލުން ބަލިކޮށް ސެމީގެ ފަހު ޖާގަ ޕީސީ ގާލްސްއަށް
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި ޕީސީ ގާލްސް އާއި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްސް ކަނބަލުން (ސީއައިސީ ކަނބަލުން) ވާދަކުރި މެޗު ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީގެ ފަހު ޖާގަ ޕީސީ ގާލްސް އިން ހޯދައިފިއެވެ.
10 Feb 2025
އެމްއެފްޕީ އަތުން ބަލިވެ ފޮރެންސިކް ފްރެންޑްސް މުބާރާތުން ކަޓައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި 16-8 ގެ ނަތީޖާއަކުން މާލޭ ފްރޮންޓް ޕޮލިސް (އެމްއެފްޕީ) އަތުން ބަލިވެ ފޮރެންސިކް ފްރެންޑްސް މުބާރާތުން ކަޓައިފިއެވެ.
10 Feb 2025
ލިއުޝާގެ މޮޅުކުޅުމާއެކު ކުލަބު އެޗުއާރު ބަލިކޮށް ސީއައިސީ އައިޔޫ ސެމީފައިނަލަށް
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާން އިންވެސްޓިގޭޝަން ޔޫނިއަން (ސީއައިސީއައިޔޫ) އާއި ކުލަބު އެޗުއާރު ވާދަކުރި މެޗު 14-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސީއައިސީއައިޔޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
10 Feb 2025
ޑީސީއައިއެސްޑީ ކަޓުވާލުމަށްފަހު އެސްއޯއާރުސީ ހާޓް ބީޓް ސެމީފައިނަލުން ޖާގަހޯދައިފި
މިހާރު ކުރިއަށްދާ "ސީޕީ ކަޕް ހޭންޑްބޯޅަ ޓޯނަމެންޓް 2025" ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ސްޕެޝަލް އޮޕަރޭޝަންސް ރެކްރިއޭޝަން ކުލަބު ހާޓް ބީޓް (އެސްއޯއާރުސީ ހާޓް ބީޓް) އާއި ޑިޕްލޮމެޓިކް ކްރެޓިކަލް އިންފްރާސްޓްރަކްޗަރ ސެކިއުރެޓީ ޑިޕާޓްމަންޓް ރެކްރިއޭޝަން ކުލަބު (ޑީސީއައިއެސްޑީއާރުސީ) ވާދަކުރި މެޗު 13-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެސްއޯއާރުސީ ހާޓް ބީޓް މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
10 Feb 2025
ސްޓެލްކޯ ޓަވަރަކުން ޒުވާނަކު ވެއްޓި މަރުވެއްޖެ
ސްޓެލްކޯ ޓަވަރަކުން ޒުވާނަކު ވެއްޓި މަރުވެއްޖެއެވެ.