ދިވެހި ފުލުހުންގެ ހިދުމަތް
01 Dec 2024
އެފްއެސްއެމްގެ މުއައްޒަފުންތަކެއް ތެލުގެ ވަގު ވިޔަފާރިކުރާ މައްސަލައެއް ބަލަނީ
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުއައްޒަފުންތަކެއް ތެލުގެ ވަގު ވިޔަފާރިކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
30 Nov 2024
ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ފުލުހުންގެ، ގުޅުމުގެ މުޅިން އައު ބާބެއް!
ހިޔާގައި ދިރިއުޅެމުންދާ ރައްޔިތުންގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިއިރު، އެކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް ހުޅުމާލެ ފޭސްދޭއްގައި ގާއިމްކޮށްފައިވާ ފުލުހުންގެ ޔުނިޓުން މިހާރު ވަނީ ސިލްސިލާ ޕްރޮގްރާމުތަކެއް ފަށާފައެވެ.
29 Nov 2024
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް
މިދިޔަ އަންގާރަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން އިތުރު ތިން މައްސަލައެއް މިހާރު ތަހުގީގުކުރަމުންދާ ކަމަށާއި، އެ މައްސަލަތަކުގައި ފުލުހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
28 Nov 2024
މަންމައަށް އަނިޔާކޮށް، ގަދަކަމުން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި
މަންމަ ގައިގައި ތަޅައި އަނިޔާކޮށް، ގަދަކަމުން ފައިސާ ހޯދަން އުޅުނުކަމުގެ ްތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
27 Nov 2024
މާފަންނު ކެފޭއެއްގައި މާރާމާރީ ހިންގައި، މީހަކު ޒަހަމްކޮށްލައިފި
މާފަންނުގައި ހުންނަ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
26 Nov 2024
ލަންކާ މަސްބޯޓުން ހައްޔަރުކުރި މީހުންގެ ބަންދަށް 30 ދުވަސް
ފުލުހުން ބުނީ، ގަވައިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް އަތުލައިގަތް ސްރީލަންކާގެ މަސްބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައާއި ގުޅިގެން ހައްޔަރު ކުރި ފަސް ބިދޭސީންގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
25 Nov 2024
ފޭރުމުގެ މައްސަލައެއްގައި ހިމެނޭ ތިން މީހުންގެ މައްޗަށް 9 މަހުގެ ޖަލު ހުކުމެއް
ފޭރުމުގެ މައްސަލައެއްގައި ހިމެނޭ ތިން މީހުންގެ މައްޗަށް 9 މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
24 Nov 2024
މަކުނުދޫ ބޭރުން ހިފެހެއްޓި ލަންކާގެ މަސްބޯޓުން 1 ބިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ފެނިއްޖެ
މަކުނުދޫ ބޭރުގައި އުޅެނިކޮށް އެމްއެންޑިއެފްގެ ބެލުމުގެ ދަށަށް ރޭގެ ވަގުތެއްގައި ގެނެވުނު ސްރީލަންކާގެ މަސްބޯޓުގައި 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.