ނ. ހޮޅުދޫ އިން މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކު--
ހަބަރު
23 Feb 2025 | 16:00
ޒަކިއްޔާގެ މަރު ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރިގޮތް އެންއައިސީ އިން ބަލަނީ!

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރި ގޮތް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންްއައިސީ) އިން ބެލުމަށް ނިންމައިފިއެވެ. 

އެންއައިސީ އިން ނިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނިމިދިޔަ ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒަކިއްޔާ މަރުވި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ، އާންމު ރައްޔިތުން ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާކަމަށެވެ.

އެންއައިސީ އިން ބުނީ މިއީ އާއްމު ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ ދަށުން ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ތަހުގީގުކުރުމުގައި ގާނޫނާއި ގަވާއިދާއި ފުލުހުން އަމަލު ކުރަންޖެހޭ އުސޫލުތަކާއި ހިލާފަށް ދިވެހި ފުލުހުން އަަމަލުކޮށްފައިވޭތޯ ބަލާނޭކަމަށް އެންއައިީން ބުންޏެވެ.

ޒަހަމްތަކަކާއެކު މަރުވެފައި އޮތް ޒަކިއްޔާގެ މަރުގެ މައްސަލަ އެ އިދާރާއަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރުއެވެ. 

ޒަކިއްޔާގެ ހަށިގަނޑު ފެނުނީ އެ ގެއަށް ކުނި ނަގަން ވަތް މުނިސިޕަލް މުވައްޒަފުންނަށެވެ. ހަށިގަނޑު ފެނުނުއިރު ކަރުގައި ވަޅި އަޅާފައިވާއިރު، ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. ފުލުހުންގެ ތަޙްޤީޤަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް، ސާމްޕަލް ނެގުމަށްފަހު ވަޅުލާފައިވަނީ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހު ޒަކިއްޔާގެ އުފަންރަށް ނ. ހޮޅުދޫގައެވެ.

އެ ހާދިސާއާއި ގުޅިގެން ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވާ ގޮތުން، ޒަކިއްޔާގެ މަރުގެ މައްސަލާގައި މީހެއްގެ އަތެއްވާކަމުގެ ހެއްކެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

އަދި އެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އާ، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދުމުންދާ ކަމަށް ފަހުން ފުލުހުން ބުންޏެވެ.

އެފްބީއައި ޓީމުގެ އެހީ ހޯދުމުގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލައިގައި އެރަށު މީހުންނާއި އާއިލާ މީހުން އަންނަނީ އެއީ މީހަކު ކުރި ކަމެއް ކަމަށް ބުނެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. އެގޮތުން މިއަދުވެސް އެރަށުގެ ރައްޔިތުންތަކެއް ވަނީ ހޮޅުދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައި މުޒާހަރާ ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.