މާލޭ މަގުމަތީ ފެންބޮޑުވެފައި: ފޮޓޯ/ ޕޮލިސް
ހަބަރު
02 Mar 2025 | 09:17
މަގުތަކުގައި ފެން ހިނދެން ދެން ބަރު އުޅަނދު ނުދުއްވަން އެދިއްޖެ

މަގުތަކުން ފެން ހިނދި އާއްމު ޙާލަތައް އަންނަންދެން ބަރު އުޅަނދުތައް މާލޭގެ މަގުމަތީގައި ނުދުއްވަން ފުލުހުން އެދިއްޖެއެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތައް ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. އޭގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައިވާއިރު، ބައެއް ގެތަކަށް ފެންވަދެ ގެއްލުންތައް ވެފައިވެއެވެ. 

ޚާއްސަކޮށް ބަރު އުޅަނދުތަކާއި ހަތަރު ފޮރޮޅުލީ އުޅަނދުތަކުން އުފެދޭ ރާޅުތަކުން ގޭގެއަށް ފެންވަދެ، ޕާކު ކޮށްފައި ހުންނަ ސައިކަލުތައް ވެއްޓުން ފަދަ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.

އެކަމާއި ގުޅިގެން ފުލުހުން މިއަދު ނެރުނު ސަމާލުގައިވަނީ، މަގުތަކުން ފެންހިނދި އާއްމު ހާލަތަށް މަގުތައް ރުޖޫޢަވަންދެން ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި، ހަތަރު ފޮރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް އެދިފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެންހިންދުމުގެ މަސައްކަތް ހުއްޓުމެއްނެތި ސިފައިން ކުރަމުން އަންނައިރު، މާލޭގެ ގޭގެއަށާއި ފިހާރަ ތަކަށް ފެން ވަނުމުން ރައްކާތެރިކުރުމަށް ވެލިބަސްތާ ޖެހުމާއި ފެން ވަދެފައިވާ ގޭބިސީތަކުން ފެން ހިންދުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. 

‏މި ހާދިސާ އާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ 911 އަށް ގުޅުމަށް ފުލުހުން އެދިފައުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.